ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 14:00
ރިޟްވާނުގެ މަރުގެ މައްސަލައިގެ ރިޕޯޓް ރައީސްއަށް އެރުވުމަށްފަހު ކޮމިޝަންގެ މެންބަރުން ރައީސްއާއި ބައްދަލުކުރައްވަނީ
ރިޟްވާނުގެ މަރުގެ މައްސަލައިގެ ރިޕޯޓް ރައީސްއަށް އެރުވުމަށްފަހު ކޮމިޝަންގެ މެންބަރުން ރައީސްއާއި ބައްދަލުކުރައްވަނީ
ޑީޑީކޮމް
ރިޟްވާންގެ މަރުގެ މައްސަލަ
"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"
 
މިމައްސަލައިގަ އަދިމިއަށްވުރެ މާބޮޑެތި ކަންތައްތަކެއް ކުރިއަށް އެބަހުރި
 
ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް ރައީސް ވަނީ އަންގަވާފައި

ރިޟްވާންގެ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓާއި ގުޅިގެން ފިޔަވަޅުތައް އަޅާނެކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ. މި ރިޕޯޓު އެރުވުމަށްފަހު ކޮމިޝަނުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފައެވެ.

މި ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް އެމަނިކުފާނު ކޮމިޝަނުގެ މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

ރިޕޯޓާއި ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރު ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ހެކިތަކާއި، ތަފްސީލީ މައުލޫމާތުތަކަށް ބަލައި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރު ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

މަރު ކޮމިޝަނުން އެކުލަވާލި މި ރިޕޯޓުގައި ރިޟްވާންގެ މަރުގައި ޝާމިލުވި މީހުންނާއި، ސިޔާސީ ގޮތުން މިކަމުގައި ބައިވެރިވި މީހުންގެ މައުލޫމާތުތައް ތަފްސީލީ ގޮތެއްގައި ހިމަނާފައިވެއެވެ. އަދި ރިޟްވާންގެ މައްސަލައިގައި ހިމެނޭ ފަރާތްތައް ދޫވެގެން ދިޔަގޮތާއި، ގޭންގުތަކަށް ސަރުކާރުން ފަންޑުކުރި ގޮތާއި، ފަނޑިޔާރުންނާއި ސިޔާސީ ފަރާތްތަކާއި އޮންނަ ގުޅުމާއި، މި ގުޅުމުގެ ތެރެއިން ނުކުތް ނުރަނގަޅު ނަތީޖާތައް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

މިސްބާހު ވިދާޅުވީ ކޮމިޝަނަށް ގަބޫލުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކޮށްފައިވާ ކަމަށެވެ. ދެން ދައުވާ ކުރުމާމެދު ގޮތް ނިންމާނީ އެހެން ފަރާތަކުން ކަމަށާއި، މިމައްސަލައިގެ ރިޕޯޓު ރައީސަށް އަރުވަފައިވާއިރު، ތިން މީހަކަށް ޝަރީއަތް ކުރެވިގެންދާ ކަމަށެވެ.

މިރިޕޯޓު މިއަދު އެރުވުނީ ރައީސްގެ އަތްޕުޅަށް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ރިޕޯޓުގައި ހުރި ކަންކަމުގެ މައްޗަށް އަދި އިތުރު އިތުރު ކަންތައްތަކެއް ހިނގައިދާނެކަމަށް. މިއީ އަޅުގަނޑުމެންގެ މަސައްކަތް ނިމުމެއްނޫން. ރިޕޯޓު ރައީސްގެ އަތްޕުޅަށް އެރުމާއެކު މިމައްސަލައިގަ އަދިމިއަށްވުރެ މާބޮޑެތި ކަންތައްތަކެއް ކުރިއަށް އެބަހުރިކަމަށް އަޅުގަނޑު ގަބޫލުރަނީ
ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް

ކޮމިޝަނުން ބުނެފައިވަނީ ރިޟްވާންގެ މަރަށް ފަހު ހަގީގަތް ފޮރުވައި ތަހުގީގަށް ހުރަސްއަޅަން ރޭވިގެން ކަންތައްތަކެއް ހިންގާފައިވެއެވެ. އޭގެތެރޭގައި ރިޟްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަކަން ދައްކަން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އަދި އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އުފައްދައި ދައުރުކޮށް އޭނާ ސީރިއާގައި މަރުވެފައިވާ ކަން ދައްކަން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އޭނާ ގެއްލުމުގެ ވާހަކަތައް އަޑުގަދަކޮށް ސޯޝަލްމީޑިއާގައި ދެއްކި މީހުންގެ ތެރޭގައި މަރުގައި ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ރިޟްވާން މަރާލީ ރިޕޯޓުގައިވާ ގޮތުގައި އެކި ފަހަރުމަތިން ފާރަލައި ދުރާލައި ރާވައިގެންނެވެ. އޭނާގެ ކަންތައް ވަރަށް ގާތުން އެ މީހުން ބަލާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް