Advertisement
ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 11:57
ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާ
ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާ
އެމްއެންޑީއެފް
ގުޅިފަޅު އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގައި 60 މުވައްޒަފަކަށް އަނިޔާވި: އެފްކޮންސް
ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ
ހުރިހާ މުވައްޒަފުން ސަލާމަތްކުރެވުނު
އަލިފާން ރޯވި ސަބަބު ދެނެގަނެވިފައެއް ނުވޭ

ބުރާސްފަތި ދުވަހުގެ ދަންވަރު ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 60 މުވައްޒަަކަށް އަނިޔާވިކަމަށް އެކުންފުނިން ބުނެފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގުޅިފަޅުގައި ހުންނަ ތިލަމާލެ ބްރިޖް މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެފްކޮންސްއިން ބުނީ މި ހާދިސާގައި އެކުންފުނީގެ 60 މުވައްޒަފަކަށް އަނިޔާވެފައިވާކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެމީހުންނަށް ފަރުވާ ދީފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 00:31 ހާއިރުއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުއެވެ.

Advertisement

އެފްކޮންސްއިން ބުނީ ކާމިޔާބުކަމާއެކު އަލިފާންގަނޑު ނިއްވާލައި، ހުރިހާ މުވައްޒަފުން ސަލާމަތްކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް މި ހާދިސާ ހިނގި އަސްލު ސަބަބު އަދި ދެނެގަނެވިފައިނުވާކަމަށެވެ. މި ހާދިސާ ހިނގި އަސްލު ސަބަބު ދެނެގަތުމަށް ތަހުގީގުތައް ކުރިއަށްދެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި އެކޮމޮޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅެއެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން އާންމުކުރި މައުލޫމާތުގައިވާގޮތުން އެ އެކޮމޮޑޭޝަން ބްލޮކް އެއްކޮށް އަނދައި ހުލިވެ، 73 މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މިތަނުން 13 މީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް