ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 12:46
ޤައުމީ ރެކޯޑު އައުކުރި ޓީމުގެ ފެތުންތެރިން
ޤައުމީ ރެކޯޑު އައުކުރި ޓީމުގެ ފެތުންތެރިން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން ޗެމްޕިއަންޝިޕް
ސްވިމިން ރިލޭ ޓީމުން ޤައުމީ ރެކޯޑު އައުކޮށްފި
ސްވިމިން ޓީމު އައުކުރީ ހަތަރެއް ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު

އޮސްޓްރޭލިޔާގައި މިހާރު ކުރިއަށްދާ 16 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ސްވިމިން ޓީމު ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

ސްވިމިން ޓީމު އައުކުރީ ހަތަރެއް ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ. އެއީ 02.05.53 އިން އިވެންޓު ނިންމައިގެންނެވެ. ރެކޯޑު އައުކުރި ޤައުމީ ސްވިމިން ޓީމުގައި ހިމެނެނީ އާއިޝަތު ސައުސަން، ހަމްނާ އަޙްމަދު، މުޙައްމަދު ރިހާން ޝިހާމް އަދި މުބާލް އައްޒާމް އިބްރާހީމެވެ. ކުރިން މި ރެކޯޑު އައުކޮށްފައި ވަނީ މިދިޔަ އަހަރު ކުރިއަށް ދިޔަ 15 ވަނަ ފީނާ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ވާދަކުރި ޓީމުންނެވެ. އެ ޓީމުގައި ހިމެނެނީ ހަމްނާ އާއި ސައުޝަންގެ އިތުރުން މުޙައްމަދު އާން ޙުސައިން އަދި ޢަލީ އިމްޢާންއެވެ. އެފަހަރު އެ ޓީމުން އިވެންޓު ފުރިހަމަ ކުރީ 02.05.97 އިންނެވެ.

މިއަހަރުގެ ފީނާ ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ޓީމުގައި ހިމެނޭ މުބާލް ވެސް ވަނީ ޤައުމީ ރެކޯޑެއް އައުކޮށްފައެވެ. އެއީ ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރުގެ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ވެސް މުބާލް އަތުގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް 02.26.27 އިންންނެވެ. އެ ރެކޯޑު މުބާލް އައު ކުރީ 02.19.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

- ކޮމެންޓް