Advertisement
ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 00:07
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
މިހާރު
އެމްޑީޕީގެ އަހަރީ ދުވަސް
ރައީސް ނަޝީދު ޖަލުގައި ބަންދުކުރުމަކީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން: ޝިފާޒް
އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހާސިލް ކޮށްފައި
އެޕާޓީން މަސައްކަތް ކުރާނީ މެންބަރުން ބޭނުންވާ ކަަންކަން ހާސިލް ކުރުމަށް
ގިނަ ބައެއްގެ ލޯބި ޕާޓީއަށް ވަނީ ލިބިފަ

އެމްޑީޕީ  ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ރައީސް ނަޝީދު ޖަލު ބަންދުގައި ހުންނަ ޖެހުނު ދުވަސްވަރު ދިމާވި ކަންކަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނެޓުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރުމުން އެމްޑީޕީގެ މަސައްކަތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށާއި، އެހެން ނަމަވެސް، އާއްމު މެންބަރުންގެ ބުރަ މަސައްކަތުން އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވުނުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެމްޑީޕީން ރައީސް ނަޝީދުގެ ފަހަތްޕުޅުގައި މަސައްކަތްކޮށް ކާމިޔާބު ހާސިލް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިތުރުވެއްޖެކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީ ފެށިގެން އައިއިރު ޕާޓީ "ދުއްވާލުމަށް" މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވި ކަަމަށާއި، އެފަދަ ގޮންޖެހުންތަކާއި ކުރިމަތި ލެވޭނެ ވަރަށް މިހާރު އެމްޑީޕީ ކުރި ހޯދާފައިވާ ކަަމަށް ޝިފާޒު ވިދާޅުވިއެެވެ.

ޝިފާޒް ވިދާޅުވީ، މި ސަރުކާރުން ޑިމޮކްރަސީ ނެތިކޮށްލުމަށް ކުރަމުންދާ ކަންކަން ބަދަލުކޮށް، ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫރަވުމަށް ކުރާ މަސައްކަތްތަކީ އެމްޑީޕީއަށް ކުރިމަތިވާނެ ޗެލެންޖެއް ކަަމަށެވެ.

"މިހުރިހާ އުނދަގޫއެއްގެ ތެރެއިން އަޅުގަނޑުމެން ފުރާވަރަށް މިއެރީ. ދެނެއް އަޅުގަނޑު މެންނަކަށް އެ ބޭފުޅުންގެ ފަރާތުން އެޗެލެންޖެއް ކުރިމައްޗެއް ނުވާނެ. އެއަށްވުރެ އެމްޑީޕީ މާ ވަރުގަަދަ ވާނެ." ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ މިހާރުގެ ވެރިކަން ބަދަލުވާނެ ދުވަހެއް އައުން ކަމަށާއި، އެމްޑީޕީގެ މަސައްކަތުން އެކަން ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް މިހާރު ކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ހާސިލް ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަަމަށް ޝިފާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އޮތް އުންމީދަކީ އެމްޑީޕީ ކަމަށާއި، ޕާޓީގެ މެންބަރުންގެ ބޭނުންތައް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ޕާޓީން ހުއްޓުމެންނެތި ކުރާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

" އެމްޑީޕީއަށް 12 އަހަރު ވީ އިރު މިވަނީ ވެރިކަންވެސް ކޮށްފަ. އިދިކޮޅު ޕާޓީގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ. އެހެން ކަމުން 12 އަަހަރު ވީ އިރު މި ލިބުނު ކާމިޔާބީ އަކީ ވަރަށް ބުރަ މަސައްކަތް" ޝިފާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް