ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 11:13
ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި އޮފިޝަލުން މަސައްކަތްކުރަނީ
ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި އޮފިޝަލުން މަސައްކަތްކުރަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބަށް މުވައްޒަފުން ހޯދުން
ރިޔާސީ އިންތިޚާބަށް ވަގުތީ މުވައްޒަފުން ހޯދަން ފަށައިފި
ރިޔާސީ އިންތިޚާބާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް 11 މުވައްޒަފުން ބޭނުންވެގެން ވަނީ އިއުލާންކޮށްފައި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަގުތީ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް 11 މުވައްޒަފުން ބޭނުންވާކަމަށެވެ. ކޮންޓްރެކްޓް އުސޫލުން ނަގާ މިމުވައްޒަފުން ނަގަނީ ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ނިމެންދެންނެވެ.

މިފަރާތްތަކަށް މަހަކު 4465 ރުފިޔާއާއި، ސާވިސް އެލަވެންސްގެ ގޮތުގައި 1،500 ރުފިޔާގެ އިތުރުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 155 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ވަޒީފާއަށް ކުރިމަތިލާ މީހުންގެ ތެރެއިން ކުރިން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަން ދޭނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކަށް ވެގެންނުވާނެ ކަމަށް އިއުލާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށެވެ.

އަންނަ އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ނަމަވެސް އިލެކްޝަނުން ބުނަނީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ އަދަދު މަދުވާނެ ކަމަށެވެ.

- ކޮމެންޓް