ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 18:11
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް
ރާއްޖެއެމްވީ
ފޯޖުކޮށްގެން އެމްސީތަކެއް ހުށަހެޅުން
ޢާޒީ ސްކޫލްގެ މުވައްޒަފެއް ފޯރޖުކޮށްގެން އެމްސީތަކެއް ހުށަހެޅި މައްސަލަ އެއް ބަަލަނީ
 
ތައުލީމީ ވުޒާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކި ވަކި މުވައްޒަފުންނާއި ގުޅޭ އެފަދަ މައުލޫމާތު އެ ވުޒާރާއިން މީޑިއާ އަށް ހާމަ ނުކުރާ ކަމަށް

ޢާޒީ ސްކޫލްގެ މުވައްޒަފެއް އެމްސީތަކެއް ފޯރޖުކޮށްގެން ހުށަހެޅި މައްސަލަ އެއް ތައުލީމި ވުޒާރާއިން ބަަލަން ފަށާފައިވާކަމަށް "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެމްސީތަކެއް ފޯޖުކުރި މައްސަލަ އެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ސްކޫލުން ވަނީ ބަލާފައެވެ. އެގޮތުން ސްކޫލުން ބެލި ބެލުމުން އޭނާ ހުށަހަޅާފައިވާ އެމްސީތައް ސައްހަ ނޫންކަމަށް މައުލުމާތު ލިބިފައިވާތީ އެ މައްސަލަ ތައުލީމީ ވުޒާރާ އަށާއި ކަމާއި ބެހޭ އެހެން އިދާރާތަކަށް ވެސް ހުށަހަޅާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެ ސްކޫލުން ވަނީ ރަސްމީ ސިފައެއްގައި މި މައްސަލައިގައި ކޮމެންޓްކުރަން ބޭނުން ނުވާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން އެފަދަ މައްސަލަ އެއް ތައުލީމީ ވުޒާރާ އަށް ހުށަހަޅާފައިވޭތޯ ސާފުކުރުމަށް ސުވާލުކުރުމުން ތައުލީމީ ވުޒާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކި ވަކި މުވައްޒަފުންނާއި ގުޅޭ އެފަދަ މައުލޫމާތު އެ ވުޒާރާއިން މީޑިއާ އަށް ހާމަ ނުކުރާ ކަމަށެވެ. އެފަދަ މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިތޯ ސާފުކުރުމަށް ކުރި މަސައްކަތް ވަނީ އަދި ކާމިޔާބުވާގޮތް ނުވެފައެވެ. ނަމަވެސް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެފަދަ މައްސަލަ އެއް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ބަލަމުންދާ ކަން ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
33%
0%
33%
0%
33%
ކޮމެންޓް