ކ. މާލެ
|
26 ޖޫން 2017 | ހޯމަ 18:56
ޖަރުމަނާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރެއިން
ޖަރުމަނާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ކޮންފެޑެރޭޝަން ކަޕް
ޖަރުމަނާއި ޗިލީ ސެމީއަށް
ޖަރުމަނުން ސެމީއަށް ދަތުރުކުރީ ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެން
ޗިލީއަށް ސެމީއިން ޖާގަލިބެނީި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި

ކޮންފެޑެރޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޗިލީ އަދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ދަތުރުކޮށްފިއެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ސެމީގެ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގައި އާދީއްތަ ދުވަހުގެ ރޭ ކެމަރޫން އާއި ދެކޮޅަށް ކުޅުނު މެޗް 3-1 އިން ކާމިޔާބުކޮށް ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައި ވަނީވެސް ޖަރުމަނުންނެވެ. 48 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެރަމް ޑެމިރްބޭ އެވެ. މެޗުގައި ޗިލީއަށް މައްސަލަ ކުރިމަތިވީ 64 ވަނަ މިނެޓުގައި އެޓީމްގެ މަބޫކާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ބޭނުން ހިފައި ޖަރުމަނުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. ފުރަތަމަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ 81 ވަނަ މިނެޓުގައެވެ. ކެމަރޫންއަށް މެޗުގައި ސުން ކަނޑުވާލީ 78 ވަނަ މިނެޓުގައި ވިންސެޓް އަބޫބަކާއެވެ.

ސެމީފައިނަލުގެ ފަހު ޖާގަ ޗިލީއިން ކަށަވަރުކުރީ އާދީއްތަ ދުވަހުގެރޭ އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު ގުރޫޕުގެ ފަހު މެޗު 1-1 އިން އެއްވަރުވެ ޗިލީއަށް ގުރޫޕުގެ ދެވަނަ ލިބުމުންނެވެ.

ޗިލީ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އޮސްޓްރޭލިއާ އިންނެވެ. މި ލަނޑު 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ޓްރޮއިސީއެވެ. ފުރަތަމަ ހާފު ނިމުނުއިރުވެސް އޮސްޓްރޭލިއާ އޮތީ ލީޑުގައެވެ. ނަމަވެސް ދެވަނަ ހާފުގައި ޗިލީއިން ވަނީ ކުޅުން ވަރުގަދަކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. 68 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ރޮޑްރިގޭޒް އެވެ.

ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ޖަރުމަނުން ނިކުންނާނީ ގުރޫޕް އޭގެ ދެވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި މެކްސިކޯއާ ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި ޕޯޗުގަލް އާއި ޗިލީ ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުއެވެ. ޕޯޗުގަލް އިން ސެމީއަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ސަރަހައްދީ މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ދުނިޔޭގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބްރެޒިލްއެވެ. މި މުބާރާތް ބާއްވަމުން އަންނަނީ ފީފާ ވޯލްޑްކަޕް ބޭއްވުމުގެ ކުރިން ވޯލްޑްކަޕް ބާއްވާ ގައުމެއްގައެވެ. އެގޮތުން މިފަހަރުގެ މުބާރާތް ބާއްވަނީ ރަޝިއާގައެވެ.

- ކޮމެންޓް