ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 00:59
ބްރެޒިލްގެ ކޯޗު ޓީޓޭ
ބްރެޒިލްގެ ކޯޗު ޓީޓޭ
ރޮއިޓަސް
ބްރެޒިލް ކޯޗު އިސްތިއުފާ ދިނުން
ވޯލްޑް ކަޕުން ކެޓުމާއެކު، ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދީފި
މިއަހަރުގެ ފެބްރުވަރީ މަހު ޓީޓޭ ވަނީ މުބާރާތަށްފަހު ޤައުމީ ޓީމާ ދުރަށްދާނެކަން އިއުލާންކޮށްފައި

ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދީފިއެވެ.

ޓީޓޭ މަގާމުން އިސްތިއުފާ ދިނީ މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުން ބްރެޒިލް ކެޓުމާ ގުޅިގެންނެވެ. މުބާރާތުން ބްރެޒިލް ކެޓީ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އަތުން ބަލިވެގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ އަތުން ބްރެޒިލް ބަލިވީ 4-2 އިންނެވެ.

އުމުރުން 61 އަހަރުގެ ޓީޓޭ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. ބްރެޒިލާއެކު ޓީޓޭ ހޭދަކުރި ހަ އަހަރު ތެރޭގައި އެ ޤައުމުން ވަނީ ޖުމުލަ 81 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޤައުމު ވަނީ 60 މެޗުން މޮޅުވެ ހަ މެޗުން ބަލިވެފައެވެ. އެއްވަރުވެފައިވަނީ 15 މެޗެކެވެ.

ފީފާ ވޯލްޑް ކަޕްގެ ކުރިން މިއަހަރުގެ ފެބްރުވަރީ މަހު ޓީޓޭ ވަނީ މުބާރާތަށްފަހު ޤައުމީ ޓީމާ ދުރަށްދާނެ ކަމަށް ވެސް އިއުލާންކޮށްފައެވެ. މިއަހަރުގެ މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް އެންމެ ބޮޑަށް ބެެލެވުނު އެއް ޤައުމަކީ ވެސް ބްރެޒިލްއެވެ.

- ކޮމެންޓް