ކ. މާލެ
|
8 ޑިސެންބަރ 2022 | ބުރާސްފަތި 19:32
މަޔޮޑްރަގް ޖެސިކް
މަޔޮޑްރަގް ޖެސިކް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާގެ ކުރީގެ ކޯޗު ޖެސިކް
މާޒިޔާއަށް ލީގު ހޯދައިދިން ކޯޗު ޖެސިކް މަރުވެއްޖެ
 
ޖެސިކް މާޒިޔާގެ ކޯޗުކަން ދޫކޮށްލީ ޖުލައި މަހުގެ ތެރޭގައި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ކޯޗުކަން ކޮށްދިން ސާބިއާގެ ކޯޗު މަޔޮޑްރަގް ޖެސިކް މަރުވެއްޖެއެވެ.

މާޒިޔާގެ ކޯޗުކަމުގެ މަގާމަށް ޖެސިކް ހަމަޖެއްސީ މިއަހަރުގެ ފެބްރުވަރީ މަހުއެވެ. އެއަށްފަހު އޭނާ ވަނީ މާޒިޔާއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދައިދީފައެވެ. ޖެސިކް މާޒިޔާގެ ކޯޗުކަން ދޫކޮށްލީ ޖުލައި މަހުގެ ތެރޭގައެވެ. ޖެސިކް ހަވާލުވިފަހުން އެ ޓީމު ކުޅެފައިވަނީ 19 މެޗެވެ. އޭގެ ތެރެއިން މާޒިޔާ ވަނީ 18 މެޗުން މޮޅުވެފައެވެ. އެންމެ މެޗަކުން ބަލިވީއިރު، އެއީ ކުލަބް އީގަލްސް އަތުންވީ ބައްޔެވެ.

ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ އޭއެފްސީ ކަޕްގައިވެސް ވާދަކޮށްފައެވެ. އޭއެފްސީ ކަޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން މާޒިޔާ ވަނީ އެއް މެޗުން މޮޅުވެފައެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. މާޒިޔާ ދޫކޮށްލުމަށްފަހު ޖެސިކް ބަދަލުވީ ސައުދީގެ އެއްވަނަ ޑިވިޝަންގެ އައްޝުއުލާ އެފްސީއަށެވެ. އުމުރުން 64 އަހަރުގައި ޖެސިމް މަރުވީ ކާރު އެކްސިޑެންޓެއްގައި، ސަރބިއާގައެވެ.

ޖެސިކް މަރުވުމާއި ގުޅިގެން މާޒިޔާއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ކުލަބުގެ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ ޖެސިކް މަރުވި ޚަބަރު ލިބުމަކީ މާޒިޔާއަށް ލިބުނު ޝޮކެއް ކަމަށެވެ. މާޒިޔާއިން ވަނީ މިހިތާމަވެރި ދަނޑިވަޅުގައި ޖެސިކްގެ އާއިލާއާއި ރަހުމަތްތެރިންނަށް ތައުޒިޔާ ކިޔާފައެވެ.

ޖެސިކަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް ކޯޗުކޮށްދިން ބިދޭސީ ތިންވަނަ ކޯޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
25%
0%
0%
25%
ކޮމެންޓް