ކ. މާލެ
|
8 ޑިސެންބަރ 2022 | ބުރާސްފަތި 11:42
ޖަޕާން އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ޖަޕާން އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ބްރެޒިލާ ދެކޮޅަށް ކްރޮއޭޝިއާ އިން ދައްކާނީ ހިތްވަރު
 
ކުޅުންތެރިންނަށް ބަލާއިރު، ދެ ޓީމު ނެގޭނެ ފެންވަރުގެ ކުޅުންތެރިން އެބަ ތިބި

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބްރެޒިލާ ދެކޮޅަށް ނުކުންނައިރު ކްރޮއޭޝިއާ ޓީމުން ދައްކާނީ ހިތްވަރުކަމަށް އެ ޓީމުގެ ޑިފެންޑަރު ޑެހާން ލޮވްރެން އަދި މިޑްފީލްޑަރު މަތެއޯ ކޮވަސިޗް ބުނެފިއެވެ.

މި ދެ ކުޅުންތެރިން މިހެން ބުނީ ހުކުރު ދުވަހުގެ ރޭ ބްރެޒިލާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ލޮވްރެން ބުނީ، ބްރެޒިލަކީ ޔަގީނުން ވެސް މުބާރާތުގެ ފޭވަރިޓުން ކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ކުރިން ވެސް ބްރެޒިލަކީ ފޭވަރިޓުން ކަމަށެވެ. އޭނާ ބުނީ ބްރެޒިލްގެ ސްކޮޑުގައި މަގާމުތަކަށް ކުޅެން ތިބި ކުޅުންތެރިންނަށް ބަލާއިރު، ދެ ޓީމު ނެގޭނެ ފެންވަރުގެ ކުޅުންތެރިން އެބަ ތިބި ކަމަށެވެ. އަދި އެ ކުޅުންތެރިންނާއެކު މެޗުގެ ނަތީޖާ ކޮންމެ ވަގުތަކު ވެސް އެނބުރިދާނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެއީ ބްރެޒިލް ފޭވަރިޓުންނަށް ވާ ސަބަބެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ އެކަން ކްރޮއޭޝިއާ ޓީމަށް މައްސަލައަކަށް ނުވާނެ ކަމަށެވެ.

މީގެ އިތުރުން މިޑްފީލްޑަރު ކޮވަސިޗް ބުނީ އޭނާގެ ނަޒަރުގައި ވެސް ބްރެޒިލް އަކީ އެންމެ "ހޮޓް" ފޭވަރިޓުން ކަމަށެވެ. އަދި އަބަދުވެސް ކޮންމެ މުބާރާތެއްގައި ވެސް ބްރެޒިލް ވާނީ ފޭވަރިޓުންނަށް ކަމަށެވެ. ނަމަވެސް ފޭވަރުޓިންގެ ގޮތުގައި ބެލެވެނީ ހަަމައެކަނި ބްރެޒިލް ނޫން ކަން ފާހަގަ ކުރަމުން އޭނާ ބުނީ ފޭވަރިޓުންގެ ގޮތުގައި ބެލޭނެ އެހެން ޓީމުތައް ވެސް އޮތް ކަމަށެވެ. އަދި ކްރޮއޭޝިއާ އިން ޖެހޭނީ އަމިއްލަ ޓީމާއި، އަމިއްލަ ކުޅުމުގެ ސްޓައިލަށް ބަލަން ކަމަށާއި، ހުކުރު ދުވަހުގެ މެޗުގައި އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށެވެ.

މީގެ އިތުރުން ކޮވަސިޗް ބުނީ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމަ އަށް އަންނައިރު ދަށް ޓީމެއް ނޯންނާނެ ކަމަށެވެ. އަމުދުން ބްރެޒިލް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އެއްވެސް ކަހަލަ ފަސޭހަކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އެންމެ ފަސޭހަ ވާނެ ގޮތަކީ އަވަހަށް ބޯޅަ ހޯދައިގެން ލަނޑު ޖެހުން ކަމަށެވެ. އަދި އެކަން ވެސް ފަސޭހައިން ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ ކްރޮއޭޝިއާ އިން ކުޅެން ޖެހެނީ ވެސް ދުވެލި ބާރު، މޮޅު ޓީމަކާ ދެކޮޅަށް ވުމުން ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގައި ކްރޮއޭޝިއާ އަދި ބްރެޒިލް ބައްދަލު ކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
67%
0%
33%
ކޮމެންޓް