ކ. މާލެ
|
7 ޑިސެންބަރ 2022 | ބުދަ 06:45
ބްރެޒިލްގެ ކުޅުންތެރިން ޓްރެއިނިންގައި
ބްރެޒިލްގެ ކުޅުންތެރިން ޓްރެއިނިންގައި
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ބްރެޒިލް ކުޅުންތެރިންގެ ފޯކަސް ކްރޮއޭޝިއާ މެޗަށް
 
އުފާ ފާޅުކުރުމުގެ ގޮތުން ނަށާ ވާހަކަ އަށް އިޝާރަތް ކުރަމުން ސިލްވާ ބުނީ އެއީ ބްރެޒިލް ޓީމުގެ އަމިއްލަ ކަމެއް ކަމަށް

މިހާރު ހުރިހާ ފޯކަސްއެއް ހުރީ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ މެޗަށް ކަމަށް ބްރެޒިލްގެ ކުޅުންތެރިން ބުނެފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދީ ގަދަ 16 ގެ މެޗުގައި ސައުތު ކޮރެއާ ބަލިކޮށްގެންނެވެ. އެ މެޗަށްފަހު ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނީ، ޓީމަށް ލިބުނީ ރީތި މޮޅެއް ކަމަށެވެ. އޭނާ ބުނީ ދުވަހަކަށްފަހު ދުވަހަކު ބްރެޒިލުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މެޗުގައި ވެސް ހޭދަވީ އުފާވެރި ވަގުތުތަކެއް ކަމަށާއި އެއީ އިދިކޮޅު ޓީމަށް ބޭއިޚްތިރާމް ކުރުމަށް ކުރި ކަމެއް ނޫން ކަމަށެވެ. މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން ނަށާ ވާހަކަ އަށް އިޝާރަތް ކުރަމުން ސިލްވާ ބުނީ އެއީ ބްރެޒިލް ޓީމުގެ އަމިއްލަ ކަމެއް ކަމަށެވެ. އަދި ބްރެޒިލުން އަބަދުވެސް އިދިކޮޅަށް ކުޅޭ ޓީމަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށެވެ.

އަހަރަމެން އަބަދު ވެސް އިދިކޮޅު ޓީމަށް އިހުތިރާމް ކުރާނަން، އެކަމަކު މެޗުގައި ލަނޑު ޖެހުމަށްފަހު ދެން އެ އަންނަނީ އަހަރަމެންގެ ވަގުތު ކޮޅެއް. އެއީ އަހަރަމެންނަށް ވަރަށް ވަރުގަދަ ވަގުތު ކޮޅެއް.
ތިއާގޯ ސިލްވާ / ބްރެޒިލްގެ ކެޕްޓަން

މީގެ އިތުރުން ބްރެޒިލާއެކު ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ރިޗާލިސަން ބުނީ، ކޮރެއާ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން މެޗު އޮތީ ބްރެޒިލްގެ އަތް މަތީގައި ކަމަށާއި، އެއީ މުހިންމު ކަމަކަށް ވެސްވީ ކަމަށެވެ. އަދި ވަރަށް އިތުބާރާއެކު މުޅި ޓީމަށް ކުޅެވުނު ކަމަށާއި، މިހާރު ކުރިމަތީގައި އޮތީ ކްރޮއޭޝިއާ ކަމަށެވެ. ރިޗާލިސަން ބުނީ ކްރޮއޭޝިއާއާ ދެކޮޅަށް ނިކުތުމުގެ ކުރިން އެ ޓީމު ދަސްކޮށް، އެންމެ ފުރިހަމަ އަށް ތައްޔާރުވާނެ ކަމަށެވެ.

ހަމައެއާއެކު ބްރެޒިލްގެ ރަފީނިއާ ބުނީ ތިން ވަނަ މެޗުގައި ޓީމަށް ގެނައި ބަދަލުގެ ވާހަކަ ވެސް ވަރަށް ގަދަޔަށް ދެކެވުނު ކަމަށެވެ. އޭނާ ބުނީ ޓީމުގެ ކުޅުންތެރިންނަށް ރެސްޓެއް ލިބުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި، ޚާއްސަކޮށް ރެސްޓެއް ނުލިބި ކުޅުނު ކުޅުންތެރިންނަށް އެކަން ބޭނުންވި ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮރެއާ މެޗުގައި 100 އިންސައްތަ ފިޓުކޮށް ކުޅުންތެރިން ކުޅުމަށް އެހީވި ކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލް އަދި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް