ކ. މާލެ
|
6 ޑިސެންބަރ 2022 | އަންގާރަ 20:08
ޕާކިސްތާން ކަލްޗަރަލް ނައިޓް
ޕާކިސްތާން ކަލްޗަރަލް ނައިޓް
ޕާކިސްތާނުް ކަލްޗަރަލް ނައިޓް
ޕާކިސްތާން ކަލްޗަރަލް ނައިޓެއް ބާއްވައިފި
މިއީ ފަންޑްރެއިޒިންގ އިވެންޓެއް
ޓިކެޓު ވިއްކައިގެން ލިބުނު ފައިސާ ހަދިޔާކުރާނީ ހާލުގައިޖެހިފައިވާ އަންހެނުންނަށް ޒަރޫރީ ތަކެތި ހޯދުމަށް

މިއަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައިޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕާކިސްތާނު ކަލްޗަރަލް ނައިޓެއް ބާއްވައިފިއެވެ.

މިއީ ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން ހޯމަ ދުވަހުގެ ރޭ ބޭއްވި އިވެންޓެކެވެ. ޕާކިސްތާނު ކަލްޗަރަލް ނައިޓް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއެވެ.

ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ މި ފަންޑް ރެއިޒިންގ އިވެންޓުގައި ޖުމްލަ 80 ޓިވެޓު ވިއްކާފައިވެއެވެ. މި ޓިކެޓުތައް ވިއްކައިގެން ލިބިފައިވާ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައި ހާލުގައިޖެހިފައިވާ އަންހެނުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.

މި ކަލްޗަރަލް ނައިޓުގައި ޓްރާންސްޕޯޓް މިނިސްޓަރުގެ އިތުރުން، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިޒް އެޑްމިރަލް (ރ) މުހައްމަދު ފައްޔާޒް ގިލާނީއާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް، އަދި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ނައިޓުގައި އިންޑިއަން ސަބްކޮންޓިނެންޓުގެ ރަހަތައް ހިމެނޭ ޑިނަރއެއްގެ އިތުރުން، ޕާކިސްތާނުގެ ސަގާފަތާއި އަތްތެރި މަސައްކަތް ދައްކުވައިދޭ ތަކެތި ހިމެނޭ މައުރަޒެއް ކުރިއަށްގެންދިޔައެވެ. އަދި އުރުދޫ މިއުޒިކާއި، ލަވަތައް ހުށަހަޅައިދިނުމުގެ އިތުރުން ޕާކިސްތާނުގެ ސަގާފީ އެކި ކަހަލަ ހެދުންތައް ފެނިގެން ގޮސްފައިވެއެވެ.

- ކޮމެންޓް