ކ. މާލެ
|
5 ޑިސެންބަރ 2022 | ހޯމަ 13:16
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލީ ޝަމީމް
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލީ ޝަމީމް
ރާއްޖެއެމްވީ
ކޮރަޕްޝަން ހުއްޓުވުން
ސިޔާސީ ގޮތުން ނިންމާ ނިންމުންތަކަކީ ކޮރަޕްޝަން ނޫން ކަމަށް ބެލެވޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެންދޭ – އޭސީސީ
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް އަދި ދައުލަތުގެ އެހެން އިދާރާތަކުގެ މަސައްކަތްތައް ވެސް ރައްޔިތުން ބޭނުންވާ ލެވެލްއަށް ނުގެނެވޭ
ސިޔާސީ ބޭނުމަށްޓަކައި ބާރުލިބިގެންވާ ފަރާތްތައް ދައުލަތުގެ ރިސޯސް ބޭނުންކޮށްގެން ސިޔާސީ މަންފާ އެ ހޯދާ ހޯދުން ގާނޫނުގެ ތެރެއިން ގޮސް ތަހުގީގުކުރަން ބަލާއިރު ވަރަށް ބޮޑު ދަތިތަކަކާއި ދިމާވޭ

ސިޔާސީ ގޮތުން ނިންމާ ނިންމުންތަކަކީ ކޮރަޕްޝަން ނޫން ކަމަށް ބެލެވޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިއުމުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް އަދި ދައުލަތުގެ އެހެން އިދާރާތަކުގެ މަސައްކަތްތައް ވެސް ރައްޔިތުން ބޭނުންވާ ލެވެލްއަށް ނުގެނެވޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމި އެންޓިކޮރަޕްޝަން ދުވަހާއި ގުޅިގެން، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް އަދި ދައުލަތުގެ އެހެން އިދާރާތަކުގެ މަސައްކަތްތައް ވެސް ރައްޔިތުން ބޭނުންވާ ލެވެލްއަށް ނުގެނެވޭކަން ފާހަގަކުރެވޭ ކަމަށެވެ. މައިގަނޑު އެއްސަބަބަކީ މުއައްސަސާތަކެއް އެކަންޏެއް ނޫން ކަމަށާއި، މައިގަނޑު ސަބަބުތަކެއް ކަމަށް ގަބޫލުކުރެވެނީ މަލްޓި ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެއަށް ތައާރަފްވެގެން އައުމާއި ގުޅިގެން ސިޔާސީ ގޮތުން އެ ނިންމާ ނިންމުންތަކަކީ ކޮރަޕްޝަން ނޫން ކަމަށް ބެލެވޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިއުން އެއީ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް ކަމަށެވެ.

ސިޔާސީ ބޭނުމަށްޓަކައި ބާރުލިބިގެންވާ ފަރާތްތައް ދައުލަތުގެ ރިސޯސް ބޭނުންކޮށްގެން ސިޔާސީ މަންފާ އެ ހޯދާ ހޯދުން ގާނޫނުގެ ތެރެއިން ގޮސް ތަހުގީގުކުރަން ބަލާއިރު ވަރަށް ބޮޑު ދަތިތަކަކާއި ދިމާވޭ. އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވެނީ، ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތައް އެއީ އެމީހަކަށް ފައިދާ ކުރާކަމެއްނަމަ އެއީ މާބޮޑު ކަމެއް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ މިންވަރަށް ކަންކަން މިދަނީ. ދުނިޔޭގެ ތަހުޒީބު މުޖްތަމައުތަކުގައި ތިމާއާއި ދޭތެރޭގައި އެހެންމީހުން ދެކޭނެ ދެކުމެއްގެ މައްޗަށް އެމީހާއަށް އިހުސާސް ކުރެވޭތީ އެކަހަލަ ކަމަކަށް އަރައި ނުގަންނަނީ
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލީ ޝަމީމް

ޝަމީމް ވިދާޅުވީ ރާއްޖޭގައި ކަންކަން ބައްޓަންވެފައި އޮންނަގޮތުންނާއި، ސިޔާސީ ގޮތުން، ވަރަށް އުސް މަގާމުތަކަށް، މުޖްތަމައު ބަލައިނުގަންނަ ފަރާތްތަކުން އަންނަ ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން އިންޓެގްރިޓީއާއި ނަޒަހާހަތްތެރިކަމާއި، ވެލިއުސްއަށް އިހްތިރާމްކުރުމުގެ ބައި ވަރަށް ބޮޑަށް މުޖްތަމައު ތެރޭގައި ދަށްވާ ކަމަށެވެ.

ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަމަކީ ތަހުޒީބު މުޖްތަމައުގައި މީހުންނަށް އިހްތިރާމްކުރުމާއި، އެކަކު އަނެކަކަށް އަޅާލުމާއި، ނަޒާހަތްތެރިކަން އަދި ތިމާއަކީ ސާފު މީހެއްކަން އެއްވެސް މީހަކު ތިމާއާއި ދޭތެރޭގައި އެއީ ކޮރަޕްޓް މީހެއްކަމަށް ދެކެން ބޭނުން ނުވާކަން އިހްސާސް ކުރެވެންޖެހޭ. އެ އިހްސާސް ނުކުރެވެނީ އެއްކޮޅުން ކުރިއެރުންތަކެއް އެމީހާއަށް ލިބޭތީ. ކޮރަޕްޓް މީހާއަށް ކުރިއެރުންތަކެއް ލިބޭތީ ކޮރަޕްޓް ނޫން މީހާ އެމަގެއް ހިޔާރުކުރުމުގެ ފުރުސަތު އެބަހޯދާ. އެހެންވީމާ މުޖްތަމައުގައި އެކަންކަން ރަނގަޅުކުރެވިގެން ނޫނީ އޭސީސީ އަދި ތަހުގީގީ އިދާރާތަކުން ވެސް ކޮރަޕްޝަން މަދުކޮށް، ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހާ ބޮޑު ކުރިއެރުމެއް ލިބޭނެހެން
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލީ ޝަމީމް

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ނަޒާހަތްތެރިކަމަށް މުޖުތަމައު އަހުލުވެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތައް ފަށާފައިވަނީ ކ. ތުލުސްދޫއިންނެވެ. މިގޮތުން ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމުގެ ދަށުން ނަޒާހަތްތެރިކަމާގުޅޭ ކަންކަން ހިމަނައި އެ ސްކޫލުގެ ފާރުތައް ޒީނަތްތެރިކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ނަޒާހަތްތެރިކަމަކީ ކޮބައިކަން ދަސްކޮށްދިނުމުގެ ގޮތުން "ކިޔަމާ ކިޔަމާ" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް