ކ. މާލެ
|
26 ޖޫން 2017 | ހޯމަ 11:33
އަލިފާން ރޯވެފައި ވަނީ ސްޕެއިންގެ ދެކުނު ސަރަހައްދުގައި
އަލިފާން ރޯވެފައި ވަނީ ސްޕެއިންގެ ދެކުނު ސަރަހައްދުގައި
ސްކައި ނިއުސް
ސްޕެއިން އަލިފާން
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
ސްޕެއިންގެ މަޝްހޫރު ޑޮނަނާ ނެޝެނަލް ޕާކް އަަށް ވެސް ވަނީ އަލިފާނުގެ ނުރައްކާ ކުރިމަތިވެފައި

ސްޕެއިންގެ ދެކުުނު ސަރަހައްދުގައި ހުންނަ ޖަންގަލީގައި އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 1500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހި އަދި  ބަޔޯޑައިވާސިޓީގެ ސަބަބުން މަޝްހޫރު ޕާކަކަށް އަލިފާނުގެ ނުރައްކަލާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޑޮނަނާ ނެޝަނަލް ޕާކްގެ ސަރަހައްދުގައި އަލިފާން މިހާރު ފޯރާފައިވާ ކަމަށް އޮފިޝަލުން ބުނާއިރު، އެޕާކަކީ ސްޕެއިންގެ އެންމެ މުހިންމު އެއް ގުދުރަތީ ރިޒާވު ކަމަށް ވުމުގެ އިތުރަށް، ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދި 1994 އިން ފެށިގެން ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެކެވެ.

އޮފިޝަލުން ބުނާ ގޮތުން އަލިފާން ނިއްވުމުގެ މަސައްކަތުގައި 10 ހެލިކޮޕްޓަރާއި، ހަތް މަތިންދާ ބޯޓާއި ހަތަރު ވޯޓާ ބޮމިން ޖެޓު ދަނީ ހަަރަކާތްތެރިވަމުންނެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ 150 މީހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސްޕޯޓްސް ސެންޓަރުތަކުގައި 750 ވަރަކަށް މީހުންނަށް ވަގުތީ ހިޔާވަހިކަން ހޯދަމުންދާއިރު، ގެދޮރު ދޫކޮށްދާން ޖެހުނު ބަައެއް މީހުން ވަނީ އެނބުރި އެމީހުންގެ ގެތަކަށް އައިސްފައެވެ.

ސްޕެއިންގެ ޖަންގަލިތަކުގައި 2015 ވަނަ އަހަރު ވެސް އަލިފާން ރޯވުމުގެ ހާދިސާތައް ހިނގިއެވެ. އޮފިޝަލުން ބުނާ ގޮތުން އެ ހާދިސާތައް ހިނގަން މެދެވެރިވީ ބަޔަކު ގަސްތުގައި ރޯކުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

 

 

 

- ކޮމެންޓް