ކ. މާލެ
|
5 ޑިސެންބަރ 2022 | ހޯމަ 06:51
ލޯކަލް މާރުކޭޓް ތެރެ
ލޯކަލް މާރުކޭޓް ތެރެ
ރާއްޖެއެމްވީ
އެންޓި ކޮރަޕްޝަން ދުވަސް
އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވަނީ
ދުވަހާ ގުޅޭ ހަރަކާތްތައް ފަށާފައިވަނީ ތުލުސްދޫއިން
ސޯޝަލް މީޑިއާ މެދުވެރިކޮށް ނަޒާހަތްތެރިކަމަށް އަހުލުވެރިކުރަން ވަނީ ނިންމާފައި

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ނަޒާހަތްތެރިކަމަށް މުޖުތަމައު އަހުލުވެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.  

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 9 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ގޮތުގައެވެ. މިއީ ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

މިއަހަރު މި ދުވަސް ފާހަގަކުރުމަށް އެސީސީން ރާވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލީ ޝަމީމް އާދަމް ވިދާޅުވީ ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތައް ފަށާފައިވަނީ ކ. ތުލުސްދޫއިން ކަމަށެވެ. މިގޮތުން ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމުގެ ދަށުން ނަޒާހަތްތެރިކަމާގުޅޭ ކަންކަން ހިމަނައި އެ ސްކޫލުގެ ފާރުތައް ޒީނަތްތެރިކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ނަޒާހަތްތެރިކަމަކީ ކޮބައިކަން ދަސްކޮށްދިނުމުގެ ގޮތުން "ކިޔަމާ ކިޔަމާ" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނަށް ރާވާފައިވާ ބައެއް ކަންކަންވެސް އޭނާ ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ސޯޝަލް މީޑިއާގައި ފާހަގަކޮށްލެވޭ ފަރާތްތައް މެދުވެރިކޮށް ނަޒާހަތްތެރިކަމާ ގުޅޭ ވީޑިއޯތަކާއި، މެސެޖުތައް އެކި އެކި ދާއިރާތަކުން ޕްރޮމޯޓްކުރުމުގެ މަސައްކަތާއި، އޭސީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮރަޕްޝަން މަދުކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރުން ޝަމީމް ފާހަގަކުރެއްވިއެވެ.

މިކަމަށް ބޭނުންވާ ވީޑިއޯތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލީ ޝަމީމް

ޝަމީމް ވިދާޅުވީ މި ދުވަހަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެއް ކަމަށެވެ. އެހެންނަމަވެސް މިއަހަރު ކޮންމެވެސް ވަރަކަށް ބަޖެޓުގެ ދަތިކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް