ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން މަޝްހޫރުވެފައިވާ ޝާހުރުކްޚާންގެ އަންހެންދަރިފުޅު ސުހާނާ ޚާން އަންނަ އަހަރު ބޮލީވުޑަށް ނެރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ޝާހުރުކް ގެ ގާތްމީހަކު ބުނެފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ އަންނަ އަހަރު ސުހާނާ ބޮލީވުޑުން ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން އޭގެ ކުރިން ހަދަންޖެހޭ ޓްރެއިނިންތައް ހަދަމުންދާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރުތައް ބުނާ ގޮތުގައި ސުހާނާ ބޮލީވުޑަށް ނެރުމަށް މަސައްކަތްކުރަނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރެވެ.
ކަރަން ޖޯހަރާއި ޝާހުރުކްޚާންއަކީ ވަރަށް ގާތް ދެ އެކުވެރިންނަށް ވުމުން ސުހާނާއަށް އޭނާގެ ޑައިރެކްޝަންގައި މާބޮޑު ދަތިތަކާ ކުރިމަތި ނުލާނެ ކަމަށާއި އޭނާގެ ޓްރެއިންގައި ކަރަން ވެސް އެހީތެރިވެދޭ ކަމަށް ޚަބަރުތައް ބުނެއެވެ.
އުމުރުން 16 އަހަރުގެ ސުހާނާގެ ޓްރެއިންގައި އޭނާއަކީ ޝާހުރުކް ގޮތަށް ވަރަށް ކުޅަދާނަ އެކްޓަރެކެވެ. އަދި ހަމައެހެންމެ އޭނާ މީގެ ކުރިން ހުށައަޅައިދިން ޑްރާމާއެއްގައި ، ކުރީގެ މަޝްހޫރު ތަރި ޝަބާނާ އަޒްމީ ވެސް ވަނީ އޭނާއަށް ވަރަށް ތައުރީފުކޮށްފައެވެ. އެހެންކަމުން ސުހާނާގެ ހުނަރާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.