ކ. މާލެ
|
4 ޑިސެންބަރ 2022 | އާދީއްތަ 12:42
ރަޝިއާގެ ރައީސް
ރަޝިއާގެ ރައީސް
އީޕީއޭ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ
ތެލުގެ އަގު ކޮންޓްރޯލުކުރަން ނިންމި ނިންމުން ބަލައިނުގަންނަން ރަޝިއާ އިން ނިންމައިފި
ރަޝިއާ އިން ހަނގުރާމަ އަށް ކުރާ ޚަރަދުތަކުގެ ގާބިލުކަން ކުޑަކުރުމަށްޓަކައި ރަޝިއާގެ ސީބޯން ކްރޫޑް އޮއިލް ގަންނަ އަގު ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރުގައި ބެހެއްޓުމަށް ވަނީ ނިންމާފައި

ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރަޝިއާ އިން ތެޔޮ ގަންނަ އަގު ކޮންޓްރޯލުކުރުމަށް އީޔޫ އާއި ޖީ7ގެ އިތުރުން ހުޅަނގުގެ ބައެއް ގައުމުތަކުން ނިންމާފައިވާ ނިންމުން ބަލައިނުގަންނަން ރަޝިއާ އިން ނިންމައިފިއެވެ.

އެ ފަރާތްތަކުން ވަނީ ރަޝިއާ އިން ހަނގުރާމަ އަށް ކުރާ ޚަރަދުތަކުގެ ގާބިލްކަން ކުޑަކުރުމަށްޓަކައި ރަޝިއާގެ ސީބޯން ކްރޫޑް އޮއިލް ގަންނަ އަގު ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރުގައި ބެހެއްޓުމަށް ނިންމާފައެވެ. އަދި އެ ނިންމުމަށް މި ހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް ވަނީ ނިންމާފައެވެ. ރަޝިއާ އިން ވަނީ އެ ނިންމުން ބަލައި ނުގަންނަ ކަމަށާއި އެ ފަދަ ނިންމުމެއް ނިންމުމުގެ ކުރިން ހާލަތު ރަނގަޅަށް ވަޒަން ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

އީޔޫ އާއި ޖީ7 ހިމެނޭހެން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރަޝިއާ އިން ޕެޓްރޯލިއަމް ޕްރޮޑަކްޓުތައް އެތެރެކުރުން ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ. މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމަކީ ރަޝިއާގެ އިގްތިސާދު ފިއްތާލާ ރަޝިއާ އިން ހަނގުރާމަ އަށް ޚަރަދުކުރަމުންދާ ކުރުމަށް ބުރޫއެރުވުމެވެ. ނަމަވެސް ރަޝިއާއިން ވަނީ އެފަދަ ފިޔަވަޅުތަކުން ރަޝިއާގެ ހަނގުރާމައިގެ ހަކަތަ ކުޑަކޮށް ނުލެވޭނެ ކަަމަށް ބުނެފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ އަސަރު ހުޅަނގުގެ އިތުރުން މުޅި ދުނިޔެ އަށް ދަނީ ކުރަމުންނެވެ. އެގޮތުން އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ވެސް ގައުމުތަކަށް މި ހަނގުރާމައިގެ އަސަރު ދަނީ ކުރަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރުދޫކޮށް ދާންޖެހިފައެވެ. އަދި މި ހަނގުރާމައިގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ތެރެއިން ރަޝިއާއިން ޔޫކްރެއިންގެ އާއްމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފަައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް