ކ. މާލެ
|
3 ޑިސެންބަރ 2022 | ހޮނިހިރު 22:42
ކޮލަމާފުށީ މަގު ހެދުމުގެ މަޝްރޫއު ފެށުން
ކޮލަމާފުށީ މަގު ހެދުމުގެ މަޝްރޫއު ފެށުން
އާރްޑީސީ
ކޮލަމާފުށީގެ މަގު ހެދުމުގެ މަޝްރޫއު
ކޮލަމާފުށީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް
ކޮލަމާފުށީގެ 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ

ގއ. ކޮލަމާފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނީ މިވަގުތު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އަދި ހޮޅިއެޅުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރުން ކޮލަމާފުށި ސައިޓުގައި ކޭބަލް ޖަންކްޝަން ކާސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާރްޑީސީން ބުނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، ކޮލަމާފުށީގެ 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން ހިމެނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުތަކުގައި މަގުބައްތި ޖެހުންވެސް ހިމެނެއެވެ.

ޖުމްލަ 85.3 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

- ކޮމެންޓް