ކ. މާލެ
|
26 ޖޫން 2017 | ހޯމަ 10:50
ޓިއުބްލައިޓްގެ ޕޯސްޓަރ
ޓިއުބްލައިޓްގެ ޕޯސްޓަރ
ބޮލީވުޑް ހަންގާމާ
"ޓިއުބްލައިޓް"
"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު
އިންޑިއާގެ 4350 ސްކްރީނެއްގައި އަދި އިންޑިއާއިން ބޭރުގެ 1200 ސިނަމާއެއްގައި އަޅުވާފައި

ރަމަޟާން މަހުގެ ފަހު ދުވަހު ސިނަމާތަކަށް އައިސްފައިވާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" އަށް 3 ދުވަހުން 60 ކުރޯޑް ރުޕީސް ލިބިއްޖެއެވެ.

މިއީ މި ފިލްމަށް ލިބޭނެ ކަމަށް އުއްމީދު ކުރިވަރާ އަޅާބަލާއިރު ވަރަށް ދަށް އަދަދެއް ކަމަށް ސަޕޯޓަރުން ބުނެއެވެ.

"ޓިއުބްލައިޓް" އަށް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ތިބި ވަރުގެ އާމްދަނީ ނުލިބެނީ ފިލްމު އެޅުވުމުގެ ކުރިން ވެސް އަދި ފިލްމު އެޅުވުމުގެ ފަހުން ވެސް ފާޑުކިޔާ ފަރާތްތަކާ ހެދިކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ގިނަ މީހުން އުއްމީދުކޮށްގެން ތިބީ "ޓިއުބްލައިޓް"އަށް ސަލްމާން ޚާންގެ އެހެން ފިލްމުތަކަށްވުރެ ބޮޑު އާމްދަނީއެއް ތިން ދުވަސްތެރޭގައި ލިބޭނެ ކަމަށެވެ.

އެހެން ނަމަވެސް ސަލްމާންގެ ފިލްމުތައް ކަމަށްވާ "ބަޖްރަންގީ ބައިޖާން" އަދި "ސުލްތާން" އަށް ވަނީ ތިން ދުވަސް ތެރޭގައި 100 ކުރޯޑް ރުޕީސް ލިބިފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް "ޓިއުބްލައިޓް" މާގަދައަށް ވައިގައި ހިފާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމު ވަނީ އިންޑިއާގެ 4،350 ސްކްރީނެއްގައި އަދި އިންޑީއާއިން ބޭރުގެ 1،200 ސިނަމާއެއްގައި އަޅުވާފައެވެ. 

ޓިއުބްލައިޓް" އަކީ ހިމާލިޔާ ބޯޑަރާ ހެދި އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާއި ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

"ޓިއުބްލައިޓް" ޑައިރެކްޓް ކޮށްފައިވަނީ ކަބީރު ޚާނެވެ.

 

 

- ކޮމެންޓް