ކ. މާލެ
|
26 ޖޫން 2017 | ހޯމަ 10:28
ރެސްކިއު ޓީމްތަކުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ރެސްކިއު ޓީމްތަކުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ގޫގުލް
ޗައިނާ
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
ދިރިހުއްޓާ މީހަކު ފެންނާނެ ކަމަކަށް ނުބެލެވޭ

ޗައިނާގެ ދެކުނު-ހުޅަނގު ސިޗުއާން ޕްރޮވިންސްގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ހޯދާ ނުފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެޔޮކްސިއަން ކައުންޓީގައި 40 ގެ ހަލާކުވެފައިވާއިރު އެތައް ހާސް ބަޔަކު ދަނީ މީހުން ސަލާމަތްކުރުމުގެ މަސަައްކަތުގައި ބައިވެރިވަމުންނެވެ.

އޮފިޝަލުން ބުނާ ގޮތުން ދިރިހުއްޓާ މީހަކު ފެންނާނެ ކަމަކަށް ނުބެލެވެއެވެ.

ބިންގަނޑުކަނޑައިގެން ދިޔަ ހާދިސާ ހިނގުމަށް މެދުވެރިވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަަމަށްވާއިރު ޗައިނާގެ ފަރުބަދަ މަތީ ސަރަހައްދުތަކުގައި ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާތަކަކީ ހިނގުން ވަރަށް ގާތް ކަމެކެވެ. 

ސިޗުއާން ޕްރޮވިންސްގެ ވެންޗުއާން ކައުންޓީއަށް 2008 ވަނަ އަހަރު އައި ބިންހެލުމެއްގައި 87،000 މީހުން ވަނީ މަރުވެފައެވެ. އަދި ބިންހެލުން އައުމުގެ ސަަބަބުން މެޔޮކްސިއަން ކައުންޓީގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 37 ޓުއަރިސްޓަކު މަރުވިއެވެ.

 

 

 

 

 

- ކޮމެންޓް