ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 22:27
ކޮރެއާ ކުޅުންތެރިން އުފާ ފާޅުކުރަނީ
ކޮރެއާ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އުރުގުއޭ ކަޓައިފި، ޕޯޗުގަލް ބަލިކޮށް ކޮރެއާ ދެވަނަ ބުރަށް
 
އުރުގުއޭ ކެޓީ ކޮރެއާއަށްވުރެ ބައިކޮޅަށް ގޯލު ގިނައިން ވަނުމުން
 
ކޮރެއާ މޮޅުވީ 2-1ން

ފީފާ ވޯލްޑް ކަޕްގައި ސައުތު ކޮރެއާއިން ޕޯޗުގަލް ބަލިކުރުމުން އުރުގުއޭ ކެޓިއިރު، ޕޯޗުގަލް އާއި ސައުތު ކޮރެއާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގްރޫޕް އެފްގެ ފަހު މެޗުގައި ސައުތު ކޮރެއާއިން ޕޯޗުގަލް ބަލިކުރީ ޕޯޗުގަލްއިން ލަނޑެއް ޖަހާ ލީޑު ނަގާފައި ވަނިކޮށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ރިކާޑޯ ހޯޓާއެވެ. ނަމަވެސް ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކޮރެއާއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމް ޔަންގ-ވޮންއެވެ. ކޮރެއާއިން ޕޯޗުގަލް ބަލިކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައިގެންނެވެ. ކޮރެއާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ވަންގ ހީ-ޗަންއެވެ.

އުރުގުއޭ އާއި ގާނާ ބައްދަލުކުރި މެޗު ކަމިޔާބުކުރީ އުރުގުއޭ ޓީމުންނެވެ. އުރުގުއޭ މޮޅުވީ 2-0ންނެވެ. އެޓީމުގެ ދެލަނޑުވެސް ޖަހައިދިނީ ޖޯޖިއަން ޑި އަރަސްކޭޓާއެވެ.

ގްރޫޕްގެ މެޗުތައް ނިމުނުއިރު އުރުގުއޭ އާއި ކޮރެއާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ކޮރެއާއަށް ކުރި ލިބުނީ ބައިކޮޅަށް ވަދެފައިވާ ލަނޑު މަދުވީމައެވެ. އިތުރު އެއް ލަނޑު ޖަހައިގެން އުރުގުއޭއަށް ދެވަނަ ބުރަށް ދަތުރުކުރެވެން އޮތެވެ. އުރުގުއޭ އަތުން ބަލިވި ގާނާއަށްވެސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ހޯދުމަށް ފުރުސަތު އޮތެވެ. ނަމަވެސް އުރުގުއޭ ކައިރިން ބަލިވުމާއެކު ގާނާ ކެޓީ ތާވަލުގެ ފުލުގައި ތިން ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ އެއްވަނައިގައި ދެވަނަ ބުރަށް ދަތުރުކުރީ ޕޯޗުގަލްއެވެ. ގްރޫޕްގެ މެޗުތައް ނިމުނު އިރު ޕޯޗުގަލްއަށް ލިބެނީ ހަ ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް