ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 17:28
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބްލިންކަން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބްލިންކަން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އެމެރިކާ ކަޓައިފިނަމަ ސަޕޯޓު ކުރާނީ ފްރާންސަށް: ބްލިންކެން
ބްލިންކަން ވަނީ ފްރާންސާއި އެމެރިކާއާއި ދެމެދު އޮތް ގުޅުމުގެ މައްޗަށްވެސް ވާހަކަ ދައްކަވާފައި

ފީފާ ވޯލްޑް ކަޕުން އެމެރިކާ ކަޓައިފިނަމަ ދެން ސަޕޯޓުކުރައްވާނީ ފްރާންސަށް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބްލިންކަން ވިދާލުވެއްޖެ އެވެ.

ފްރާންސް 2 ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކަން ވިދާޅުވީ އޭނާ ސަޕޯޓުކުރައްވަނީ އެމެރިކާ ޓީމަށް ކަމަށެވެ. ނަމަވެސް އެމެރިކާ މުބާރާތުން ކަޓައިފި ނަމަ، އަދި އެހާލަތުގައި ފްރާންސް މުބާރާތުން ނުކަޓާނަމަ އޭނާ ސަޕޯޓްކުރައްވާނީ ފްރާންސް ޓީމަށް ކަމަށެވެ. ބްލިންކަންގެ ޅައުމުރު އޭނާ ހޭދަކުރެއްވީ ފްރާންސްގެ ޕެރިހުގައެވެ.

ބްލިންކަން އާއި ފްރާންސްގެ ރައީސް އެމަނުއެލް - ރޮއިޓާސް

މި އިންޓަވިއުގައި ބްލިންކަން ވަނީ ފްރާންސާއި އެމެރިކާއާއި ދެމެދު އޮތް ގުޅުމުގެ މައްޗަށްވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދަޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ އަމާޒަކީ ދެޤައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ބޭއްވުން ކަމަށެވެ. އެގޮތުން ބައިޑަންއާއި ބައްދަލުކުރެއްވުމަށް ފްރާންސްގެ ރައީސް އެމަނުއެލް އެމެރިކާއަށް ވަޑައިގަތުމަކީ އޭގެ ހެއްކެއް ކަމަށް މެކްރޯން ފާހަގަކުރައްވާފައިވާ ކަމަށެވެ.

ފީފާ ވޯލްޑް ކަޕްގައި އެމެރިކާ އަދި ފްރާންސްވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. ގަދަ 16ގައި ހޮނިހިރު ދުވަހު އެމެރިކާ ކުރިމަތިލާން ޖެހޭނީ ނެދަލެންޑްސްއާއެވެ. ފްރާންސާއި ޕޮލެންޑު ބައްދަލުކުރާ ގަދަ 16ގެ މެޗު އޮންނާނީ އާދީއްތަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް