ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 08:53
ދިރާގު ޕްރޮމޯޝަން
ދިރާގު ޕްރޮމޯޝަން
ދިރާގު
ދިރާގު ފުޓުބޯޅަ އީދު
ދިރާގު ފުޓުބޯޅަ އީދުގައި ކުޅުންތެރިޔާ ދިމާކޮށްގެން ޕްލޭސްޓޭޝަން 5 ހޯދުމުގެ ފުރުސަތު
މި ކުއިޒް ކުރިއަށް ދާނީ ފުޓުބޯޅަ އީދުގެ މުއްދަތުގައި ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު

ވޯލްޑް ކަޕާ ގުޅުވައިގެން ދިރާގުން ކުރިއަށްގެންދާ "ދިރާގު ފުޓުބޯޅަ އީދު" ކެމްޕޭނުގެ ދަށުން ކުޅުންތެރިޔާ ދިމާކޮށްގެން، ފަހުގެ ޕްލޭސްޓޭޝަނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ގެސް ދަ ޕްލޭޔަރ" ގެ ނަމުގައި ކުރިއަށްގެންދާ މި ކުއިޒުގައި ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާއްމު ކުރާ ޕޯސްޓެއްގައި ފޮރުވިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކުކަން ކޮމެންޓު ކޮށްގެން ބައިވެރިވެވޭނެއެވެ. މި ޕކުއިޒު ކުރިއަށްދާނީ ދިރާގުގެ ޓުވިޓަރ، އިންސްޓަގްރާމު އަދި ފޭސްބުކްގައެވެ.

މި ކުއިޒް ކުރިއަށް ދާނީ ފުޓުބޯޅަ އީދުގެ މުއްދަތުގައި ކޮންމެ ފަސް ދުވަހަކުން އެއް ދުވަހުއެވެ. އެގޮތުން، ފަސް ބުރުން ކޮންމެ ބުރެއްގައިވެސް ވެސް ނަސީބުވެރި އެއް ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއިން ކޮންމެ ފަރާތަކަށްވެސް ސޮނީ ސްޕޯޓްސްގެ 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

މީގެ އިތުރުން ހުރިހާ ބުރެއްގެ ބައިވެރިންގެ ތެރެއިން ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގެ ގޭމް ސީޑީއެއް ލިބޭނެއެވެ.

މި ސޯޝަލް މީޑިއާ ކުއިޒްގެ އިތުރުން ދިރާގުން ދަނީ އެ ކުންފުނީގެ 'ދިރާގު ފުޓުބޯޅަ އީދު'ގެ ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރެއިން "ޖެހީ ލިބުނީ" ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ކަސްޓަމަރަކަށްވެސް އެފަރާތެއް ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ ވައިބަރ، ޓެލެގްރާމް، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި 'ދިރާގު ފުޓުބޯޅަ އީދު' ގެ ޚާއްސަ އެނިމޭޓަޑް ސްޓިކަރ ޕެކެއް ވެސް ލޯންޗުކޮށްފައެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ މި ފުޓުބޯޅަ އީދު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރަށް ފޯރިގަދަކޮށް އަގުހުރި އޮފާރތައް މެދުވެރިކޮށް ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

- ކޮމެންޓް