ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 07:31
ހޮވޭ ކޮންމެ ޖަމިއްޔާއަކަށް ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ސްމޯލް ގްރާންޓް ފަންޑުގެ ދަށުން 25،000 ރުފިޔާ ލިބޭނެ
ހޮވޭ ކޮންމެ ޖަމިއްޔާއަކަށް ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ސްމޯލް ގްރާންޓް ފަންޑުގެ ދަށުން 25،000 ރުފިޔާ ލިބޭނެ
ބީއެމްއެލް
ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑު
ބީއެމްއެލް ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފި
މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގާ ހަރަކާތެއް

ބޭންކް އޮފް މޯލްޑިވްސް އިން ދޭން ނިންމާފައިވާ ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައި، އިއުލާންކޮށްފިއެވެ.

ބީއެމްއެލް ސްމޯލް ގްރާންޓަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމްއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރެވުނު ފަންޑެކެވެ. މިއީ ބޭންކުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ފަސް ވަނަ ހަރަކާތެވެ.

ސްމޯލް ގްރާންޓް ފަންޑް ހުޅުވާލީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ފަންޑަށް ހުށަހެޅުނު ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ވަނީ ހޮވައިފައެވެ. އެއީ

  1. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (އެމްއޯޕީއޭ)
  2. ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
  3. ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ)
  4. ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް (ކުރެވި)
  5. ވިމެން އިން ފުވައްމުލައް
  6. ސްމޯލް އައިލެންޑް ރިސާރޗް ގްރޫޕް
  7. ހުވަދޫ އެއިޑް
  8. ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)

މިއިން ކޮންމެ ޖަމިއްޔާއަކަށް ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ސްމޯލް ގްރާންޓް ފަންޑުގެ ދަށުން 25،000 ރުފިޔާ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް