ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 07:43
ބްރެޒިލްގެ ކޯޗު ޓީޓޭ
ބްރެޒިލްގެ ކޯޗު ޓީޓޭ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ފަހު މެޗުގައި ބްރެޒިލް ޓީމުން ބަދަލުތަކެއް ފެނިދާނެ
މިއީ ކުޅުންތެރިންނަށް މަތީ ފަންތީގައި ކުޅެން ލިބޭނެ ރަނގަޅު ފުރުސަތެއް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެމަރޫނާ ދެކޮޅަށް ނުކުންނައިރު ބެރެޒިލް ޓީމުން ބަދަލުތަކެއް ފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗު ޓީޓޭ ބުނެފިއެވެ.

ކެމަރޫން މެޗަށް ކުރިމަތިލާއިރު ބްރެޒިލް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައެވެ. މީގެ އިތުރުން މެޗުގައި ބަދަލުތަކެއް ފެންނާނެ ކަމަށް ކޯޗު ބުނެފައިވާއިރު، އެ ޓީމަށް ވަނީ އަނިޔާގެ މައްސަލަތަކެއް ވެސް ކުރިމަތިވެފައެވެ.

ޕްރެސްގައި ވާހަކަ ދައްކަން ފަށަމުން ޓީޓޭ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފައެވެ. އޭނާ ބުނީ ޕެލޭ އަކީ ބްރެޒިލް ރަމްޒުކޮށްދޭނެ އެންމެ ބޮޑު އެއް ފަރާތް ކަމަށެވެ. އެހެންކަމުން ބްރެޒިލްގެ ހުރިހާ ކުޅުންތެރިން ވެސް އެދެނީ ޕެލޭ އަށް އަވަޝް ޝިފާއަކަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ޕެލޭ ބަލިވެ، ހޮސްޕިޓަލުގައި އޮތް ޚަބަރަކީ ވެސް ލިބުނު ދެރަ ޚަބަރެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކޯޗަށް ގޮތް ނިންމޭނީ ލޯ މައްޗަށް ފެންނަން ހުންނަ ކަންކަމަށް ބެލުމަށްފަހު ކަމަށާއި، ކުރިއަށް ވެދާނެ ގޮތަކަށް ވިސްނާފައި ގޮތެއް ނުނިންމޭނެ ކަމަށެވެ. އޭނާ ބުނީ ޓީމުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭނެ ކަމަށާއި، ޓީމުގައި ތިބީ މޮޅު ކުޅުންތެރިން ކަމަށެވެ. އަދި އަރުވާނެ ކުޅުންތެރިން ނިންމޭނީ ލަފާގެ މައްޗަށް ކަމަށެވެ. އޭނާ ބުނީ އޭގެ ކުރިން ދަނޑުމަތީގައި ކުޅުންތެރިން ދައްކާ ކުޅުން ފެންނަ ނަމަ، ގޮތް ނިންމޭނެ ކަމަށެވެ. އަދި މިއީ ކުޅުންތެރިންނަށް މަތީ ފަންތީގައި ކުޅެން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެގޮތުން ނޫސްވެރިން ވެސް ފާހަގަ ކުރި ގޮތަށް އެއީ ރިސްކެއް ކަމަށާއި، ހަމައެއާއެކު ކުޅުންތެރިންގެ ހުނަރާއު ފެންވަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ކެމަރޫނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓީޓޭ ބުނީ އެ ޓީމުން ވޯލްޑް ކަޕަށް އަންނަ ކުރި މަސައްކަތް އެނގޭ ކަަމަށާއި، އެއްވެސް ބަޔަކީ ދަށް ބައެއް ނޫން ކަމަށެވެ. އޭނާ ބުނީ ބްރެޒިލްގެ ކުޅުންތެރިން މެޗަށް ތައްޔާރުވާނީ އެންމެ ފުރިހަމަ އަށް ކަަމަށާއި، ދެން އޮތް ބުރަށް ދާން ބޭނުންވަނީ ފުރިހަމަ މޮޅާއެކު ކަމަށެވެ.

ބްރެޒިލް އާއި ކެމަރޫން ވާދަކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

- ކޮމެންޓް