ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 05:44
ދިރާގު ސިމް ކާޑު
ދިރާގު ސިމް ކާޑު
ދިރާގު
ސިމް ކާޑު ދޫކުރާ އުސޫލަށް ބަދަލު ގެނައުން
ސިމް ކާޑު ދޫކުރާ އުސޫލަށް މިއަދުން ފެށިގެން ބަދަލުތަކެއް
 
ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުން
 
މި ބަދަލުތަކާއެކު، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ޙާލަތުގައި

މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް(ކޭމް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުސޫލަށް ގެނެސްފައިވާ ބަދަލަށް 1 ޑިސެމްބަރުން ފެށިގެން އަމަލުކުރަމުންދާނެކަމަށެވެ. މިއީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވަޅެއްކަމަށް ކޭމް އިން ބުނެއެވެ.

ކޭމް އިން ކުރި އިއުލާންގައި ބުނީ މި ބަދަލުތަކާއެކު، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ޙާލަތުގައެވެ. ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުންނެވެ. މިކަމާބެހޭ އިތުރު ތަފްސީލު ޚިދުމަތް ހޯދަން ބޭނުންވާ ސަރވިސް ޕްރޮވައިޑަރުގެ ފަރާތުން ލިބޭނެކަމަށް ކޭމް އިން ބުނެއެވެ.

Advertisement

ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ސިމްކާޑު ބޭނުންކޮށްގެން ސްކޭމް ކުރުމާއި އެނޫން ވެސް ނޭދެވޭ ކަންކަންކުރުން ވަނީ އާންމުވެފައެވެ. މިސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ރާއްޖޭގައި މޮބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ކަމަށެވެ. ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ބަަލައިގެންފައި ނުވަތަ ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީންކަމަށާއި އެވެސް ދިވެހިރާއްޖޭގައި ނޫޅޭ ބިދޭސީންކަމަށް ސީޕީ ވިދާޅުވިއެވެ. މިއިން ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު ގަނެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

ކުށްކުރުމާއި ސްކޭމް ކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ސިމްކާޑު ބޭނުންކުރެއެވެ. ރާއްޖޭގައި ކޮންމެ މީހަކަށް ވެސް ސިމް ކާޑު ގަނެވޭއިރު ކޮންމެ މީހަކަށް ވެސް ބޭނުން އަދަދަކަށް ސިމް ކާޑު ގަނެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް