ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 02:48
އާޖެންޓީނާއާއި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން
އާޖެންޓީނާއާއި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
ސައުދީ ކަޓައިފި، އާޖެންޓީނާ އާއި ޕޮލެންޑު ދެވަނަ ބުރަށް
އާޖެންޓީނާ މޮޅުވީ 2-1ން
ޕޮލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގޯލްގެ ތަފާތުން

ފީފާ ވޯލްޑް ކަޕްގައި މެކްސިކޯ އަތުން ބަލިވެ, ސައުދީ އަރަބިއްޔާ މުބާރާތުން ކެޓިއިރު, އާޖެންޓީނާ އާއި ޕޮލެންޑު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ސީގެ މެޗުތައް ނިމުނުއިރު ގްރޫޕްގެ އެއްވަނާގައި ދެވަނަ ބުރަށް ދަތުރުކުރީ އާޖެންޓީނާއެވެ. އާޖެންޓީނާ އަތުން ޕޮލެންޑު ބަލިވުމާއެކު ޕޮލެންޑަށް ދެވަނަ ބުރުގެ ޖާގަ ލިބުނީ ގްރޫޕްގެ ދެވަނާގައެވެ. އާޖެންޓީނާ ބަލިކޮށްގެން ގްރޫޕްގެ އެއްވަނާގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޕޮލެންޑަށް އޮތެވެ. އަދި މެކްސިކޯ ކައިރިން މޮޅުވެގެން ސައުދީއަށްވެސް ދެވަނަ ބުރުގެ ފުރުސަތު ލިބެން އޮތެވެ.

އާޖެންޓާ އާއި ޕޮލެންޑު ބައްދަލުކުރި މެޗު ނިމުނީ 2-0ން އާޖެންޓީނާ މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް, ޓީމުގެ ތަރި ލިއޮނެލް މެސީ ފޮނުވާލި ބޯޅަ މަތަކުރީ ޕޮލެންޑުގެ ކީޕަރެވެ. ދެވަނަ ހާފުގައި ޕޮލެންޑަށް ލީޑު ނަގައިދިނީ އަލެކްސިސް މެކް ލިސްޓަރއެވެ. ލީޑު ފުޅާކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ.

މި ގްރޫޕްގައި މެކްސިކޯ އާއި ސައުދީ ބައްދަލުކުރި މެޗު ނިމުނީ 2-1ންނެވެ. ދެވަނަ ހާފު ފެށުނުތަނާ މެކްސިކޯއަށް ލީޑު ނަގައިދިނީ ންރީ މާޓިންއެވެ. އޭގެ ފަހުން ލުއިސް ޝާވޭޒް ވަނީ އިތުރު ލަނޑެއްޖަހާ މެކްސިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. ސައުދީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސާލިމް އަލްދައުސާރީއެވެ.

މި ނަތީޖާއާއެެކު އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ހަޕއިންޓާއެކުއެވެ. ދެވަނާގައި އޮތް ޕޮލެންޑާއި ތިންވަނާގައި އޮތް މެކްސިކޯއަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ޕޮލެންޑަށް ދެވަނަ ބުރުގެ ޖާގަ ލިބުނީ ފައިދާ ގޯލުންނެވެ. ތާވަލުގެ ފުލުގައި ސައުދީ އޮތީ ތިން ޕޮއިންޓާއެކުއެވެ.

- ކޮމެންޓް