ކ. މާލެ
|
30 ނޮވެންބަރ 2022 | ބުދަ 23:14
ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ
ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ
ގެޓީ އިމޭޖަސް
ފުޓްބޯޅަ ލެޖެންޑު ޕެލޭ
ޕެލޭގެ ހާލު ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
 
ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އޭނާ ދުޅަވުމުގެ އިތުރުން ހާޓް ފެއިލިއާއެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނޭ
 
މިކަމާއި ގުޅިގެން ޕެލޭގެ އަންހެން ދަރި ކެލީ ނަޝިމެންޓޯ ބުނީ އޭނާގެ ބައްޕައަށް އެއްވެސް އިމަޖެންސީ ހާލަތެއް ދިމާނުވާ ކަމަށް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭގެ ސިއްހީ ހާލު ގޯސްވެ, ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އޭނާގެ މުޅިހަށިގަނޑު ދުޅަވުމުގެ އިތުރުން ހާޓް ފެއިލިއާއެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކެންސަރަށް ފަރުވާ ކުރުމަށް ދޭ ކީމޯ ތެރަޕީގެ އަސަރުވެސް މިހާރު ޕެލޭއަށް ނުކުރާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މުޅިމީހާ ދުޅަވެ, ހިތުގެ މައްސަލަތަކެއް ކުރިމަތިވުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ޕެލޭ މިހާރު އެޑްމިޓް ކޮށްފައިވަނީ ބްރެޒިލްގެ ސައޯ ޕައުލޯގައި ހުންނަ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުގައެވެ.

މީގެ އިތުރުން ނާރުގެ މައްސަލައަކާއި ހުރެ ގޮހޮރަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ޕެލޭއަށް އެއްވެސް ކާނާއެއް ނުކެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް މިކަމާއި ގުޅިގެން ޕެލޭގެ އަންހެން ދަރި ކެލީ ނަޝިމެންޓޯ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ބައްޕައަށް އެއްވެސް އިމަޖެންސީ ހާލަތެއް ދިމާނުވާ ކަމަށެވެ. އަދި އައު އަހަރާއި ދިމާކޮށް ނަޝިމެންޓޯ ބްރެޒިލްއަށް ދާނެ ކަމަށާއި, ޕެލޭއާއެކު ފޮޓޯ ނަގާފައި ހިއްސާ ކުރާނެ ކަމަށްވެސް ނަޝިމެންޓޯގެ ޕޯސްޓުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
25%
25%
0%
ކޮމެންޓް