Advertisement
ކ. މާލެ
|
30 ނޮވެންބަރ 2022 | ބުދަ 18:32
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން
ރާއްޖެއެމްވީ
ވ. އާރަށުގެ ހިޔާނާތް
ވ. އާރަށުގެ ހިޔާނާތް: ހުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމްކުރުން
ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާކަމަށް ވިދާޅުވެފަ
ދިފާއުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވ.އާރަށުގެ މައްސަލައިގައި ރިޝްވަތުގެ އަމަލެއް ހިނގާފައިވާކަން ސާބިތުކޮށްދެވޭ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ފާހަގަކޮށްފަ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ތުހުމަތުކުރާ، ވ. އާރަށް ކުއްޔަށް ދިނުމުގެ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާގޮތުގެ މަތިން ދެން މި މައްސަަލައިގައި އަޑުއެހުމެއް އޮންނާނީ ހުކުމް އިއްވުމަށް ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

Advertisement

ވ.އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރާ މި މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ. ބުދަ ދުވަހު ދައުލަތާއި ދިފާއުގެ ހުލާސާ ބަޔާން ވެސް ވަނީ އިއްވާފައެވެ.

ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިފާއުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވ.އާރަށުގެ މައްސަލައިގައި ރިޝްވަތުގެ އަމަލެއް ހިނގާފައިވާކަން ސާބިތުކޮށްދެވޭ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ބުނެފައެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކާއި މެދު ސުވާލު އުފައްދާ ދިފާއުން ވަނީ ވާހަކަދައްކާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް