ކ. މާލެ
|
26 ޖޫން 2017 | ހޯމަ 00:58
ނޮކް އެއަރގެ ކްރޫއެއް "ޓޮކްސިކް" އަށް އެކްޓް ކުރަނީ
ނޮކް އެއަރގެ ކްރޫއެއް "ޓޮކްސިކް" އަށް އެކްޓް ކުރަނީ
ޔޫޓިއުބް
ބްރިޓްނީގެ ޓޮކްސިކް
ވީޑިއޯ: ބްރިޓްނީގެ "ޓޮކްސިކް" ތައި ކެބިން ކްރޫންގެ ހަރަކާތްތަކާއެކު
ލަވަޔަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ވަނީ ލިބިގެން ގޮސްފައި

ޕޮޕް ސްޓާރ ބްރިޓްނީ ސްޕިއާސްގެ މަޝްހޫރު "ޓޮކްސިކް" ލަވަ، ތައިލޭންޑްގެ ނޮކް އެއަރ ގެ ކެބިން ކްރޫންގެ ހަރަކާތްތަކާއެކު އާއްމު ކޮށްފިއެވެ.

2003 ވަނަ އަހަރު މަޝްހޫރު ވެގެން ދިޔަ މި ލަވައިގައި ބްރިޓްނީވެސް ފެނިފައިވަނީ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައެވެ.

ބްރިޓްނީ އެ ލަވައިގައި ފްލައިޓް އެޓެންޑެއްގެ ގޮތުގައި އެކްޓް ކުރި ނަމަވެސް މިފަހަރު "ޓޮކްސިކް" އަށް ހަރަކާތް ކޮށްފައިވަނީ އަސްލު އެއަރ ކްރޫންނެވެ. ލަވައިގައި ނޮކް އެއަރގެ ހަތަރު ކްރޫން ފެނިގެން ދެއެވެ.

މިލަވަ ތައްޔާރު ކުރީ ތައިލެންޑުގައި ޝޯވ އެއް ދިނުމަށް ބްރިޓްނީ ކުރާ ޒިޔާރަތައް މަރުހަބާ ކިޔުމުގެ ގޮތުންނެވެ.

 

 

- ކޮމެންޓް