ކ. މާލެ
|
30 ނޮވެންބަރ 2022 | ބުދަ 15:39
ސަމަރުބްލޫ އިބްރާހީމް މަނިކު
ސަމަރުބްލޫ އިބްރާހީމް މަނިކު
ރައީސް އޮފީސް
ސަމަރުބްލޫ އިބްރާހިމް މަނިކު
އަލްމަރްހޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޖަނާޒާ އަސުރު ނަމާދަށްފަހު ބެންގަލޫރުގައި
ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، އަލްމަރްހޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޖަނާޒާ އަސުރު ނަމާދަށްފަހު ބެންގަލޫރުގައި އޮންނާނެކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާގެ ފަރާތުން ބުނީ އަލްމަރްހޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޖަނާޒާ 16:45ގައި ބެންގަލޫރުގެ ގުއްދޫސް ސެމެޓްރީގައި އޮންނާނެކަމަށެވެ. އަދި ބުދަ ދުވަހުގެ ހަވީރު 3:30ން ފެށިގެން މޫނުފުޅު ދެއްކުން އޮންނާނެއެވެ.

ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށްވެސް އާއިލާއިން ބުންޏެވެ. ވީހާވެސް ގިނަ މީހުން ކަށުނަމާދުގައި ބައިވެރިވުމަށް އާއިލާއިން ވަނީ އެދިފައެވެ.

އިބްރާހީމް މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށް ފަހު، ބުދަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

- ކޮމެންޓް