ކ. މާލެ
|
30 ނޮވެންބަރ 2022 | ބުދަ 09:19
ބްރޯޑްކާސްޓިން ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެ
ބްރޯޑްކާސްޓިން ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެ
ގޫގުލް
ސަމަރުބުލޫ އިބްރާހިމް މަނިކު އަވަހާރަވުން
ބްރޯޑްކާސްޓިން ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސަމަރުބުލޫ އިބްރާހިމް މަނިކު އަވަހާރަވެއްޖެ
1974 އިން ފެށިގެން 2006 އާ ހަމައަށް ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކޮށްދެއްވާފައިވާ އިބްރާހިމް މަނިކު އަކީ ބްރޯޑްކާސްޓިން ދާއިރާގައި އެކި ގޮތްގޮތުން ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް

ބްރޯޑްކާސްޓިން ދާއިރާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން 'ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް' ހާސިލްކުރައްވާފައިވާ ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެއެވެ.

ރާއްޖޭގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރުކަން ވެސް އަދާކުރައްވާފައިވާ އިބްރާހިމް މަނިކު އަވަހާރަވެފައި ވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައެވެ. އޭނާ އަވަހާރަވެފައި ވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

1974 އިން ފެށިގެން 2006 އާ ހަމައަށް ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކޮށްދެއްވާފައިވާ އިބްރާހިމް މަނިކު އަކީ ބްރޯޑްކާސްޓިން ދާއިރާގައި އެކި ގޮތްގޮތުން ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން އެ ދާއިރާއަށް އައު މީހުން ނެރެދިނުމާއި، ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވާ މީހުން ތަމްރީނުކޮށްދެއްވުމުގައި އޭނާ ވަނީ އަގު ހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

- ކޮމެންޓް