ގައުމީ ރޫހާއި އިޚްލާސްތެރިކަމުގެ ހިތަކާއި އެކު ކޮންމެ ދުވަހަކު މަސައްކަތަށް ދިޔުން މުހިއްމު ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
އެމްއައި ކޮލެޖުގެ ދަސްވެނިވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ދަސްވެނިވުމުގެ ހަފްލާތަކަކީ އެމަނިކުފާނަށް ވަރަށް ޚާއްސަ ހަފްލާތަކެއް ކަމަށާއި އެއީ ދަރިވަރުން ސަނަދު ހިފައިގެން ނިކުންނަ ކޮންމެ ފަހަރަކު މުޖުތަމައުއަށް އިލްމު އުނގެނި ހުނަރު ދަސްވެގެންތިބި އާ ބަޔަކު ނިކުންނަ ކަމުގެ ހިތްހަމަޖެހުން ލިބިލައްވާތީ ކަމަށެވެ.
ރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކުރުމަށް އެމްއައި ކޮލެޖުން ކުރަނީ ލާމަސީލު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ތައުލީމު ހާސިލުކުރަން ކުރި މަސައްކަތާއި މަސައްކަތް ކުރެވުނުގޮތާއި އެމްއައި ކޮލެޖުން ހާސިލު ކުރި ތައުލީމާއި ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ހިފުނުތޯ އަމިއްލަ ނަފްސާ ކޮށްލަން މުހިއްމު ކަމަށެވެ. އިލްމީ މަރުކަޒެއްގައި ސަނަދެއް ހޯދަން އިލްމު އުނގެނޭއިރު ސަނަދެއް ހޯދަން ހުނަރެއް ދަސްކުރާއިރު ވަރަށް ގިނަ މީހުންނާއި ބައްދަލުވާނެ ކަމަށާއި ވަޒީފާގެ މައިދާނަށް ނިކުންނައިރު އެހެން މީހުން ތިމާއާއި ދޭތެރޭ ކިޔަވައިގެން ހުރި މީހެކޭ ބުނެވޭ ވަރު ކުރަން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ތިޔަ ހުރިހާ ދަސްވެރިންނަކީ ވެސް މިހާރު ވެސް ގައުމީ މަސައްކަތުގައި ތިބި ދަސްވެނިން. އެހެންވީމާ ގައުމީ ރޫހުގައި މަސައްކަތް ކުރުން މުހިއްމު. ކަންކަން ރަނގަޅު ކުރުމުގެ ހެޔޮ ނިޔަތުގައި މަސައްކަތް ކުރުންވެސް މުހިއްމު. އިޚްލާސްތެރިކަމުގެ ހިތަކާއި އެކު ކޮންމެ ދުވަހަކު މަސައްކަތަށް ދިޔުންވެސް އެހާ މުހިއްމުހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން