ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 18:15
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީސް ޗުއްޓީ އަށް
54.7 އިންސައްތަ މަސައްކަތް ނިންމާ މަޖިލީސް ޗުއްޓީ އަށް ގޮސްފި
ހޯމަ ދުވަހުގެ ޖަލްސާގައި 2023 ވަނަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓްވަނީ ފާސްކޮށްފައި
43 ޖަލްސާ ބާއްވާ، 125 މިނިޓް މަޖިލީހުގެ މަސައްކަތްތަކުގައި ހޭދަކޮށްފައިވޭ

54.7 އިންސައްތަ މަސައްކަތް ނިންމާ މަޖިލީސް ޗުއްޓީ އަށް ގޮސްފިއެވެ.

މި ދައުރުގެ ފަހު ޖަލްސާ ހޯމަ ދުވަހު ބާއްވާފައި ވާއިރު އެ ޖަލްސާގައި 2023 ވަނަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުން އޮތެވެ.

މި ދައުރުގެ މަސައްކަތްތަކަށް ބަލާއިރު، 43 ޖަލްސާ ބާއްވާ، 125 މިނިޓް މަޖިލީހުގެ މަސައްކަތްތަކުގައި ހޭދަކޮށްފައިވެއެވެ. ކުރީ ދައުރުން ލިބުނު 29 ބިލާއި މި ދައުރުގައި ހުށަހެޅި 13 ބިލުގެ މަސައްކަތް މަޖިލީހުގައި ކޮށްފައިވެއެވެ. އަދި 25 ބިލެއްގެ މަސައްކަތް ނިންމާފައިވާއިރު 17 ބިލުގެ މަސައްކަތް ނުނިމި އެބަ އޮތެވެ. މަޖިލީހުގައި ކުރި މަސައްކަތްތަކުގެ ތެރެއިން ގަރާރުތަކުގެ ތަފްސީލަށް ބަލާއިރު މިދިޔަ ދައުރުގައި ހުށަހެޅި 13 ހިމެނޭހެން ޖުމުލަ 17 ގަރާރުގެ މަސައްކަތްކޮށްފައިވެއެވެ. އޭގެ ތެރެއިން 11 ގަރާރުގެ މަސައްކަތް އަދި ނުނިމެއެވެ. ސަރުކާރުން ހުށަހެޅި މައްސަލަތަކުގެ ތަކުގެ ތަފްސީލްތަކަށް ބަލާއިރު ކުރީ ދައުރުގައި 3 މައްސަލަ، މި ދައުރުގައި 8 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 10 މައްސަލަ ވަނީ ނިމިފައެވެ. މަޖިލީހުގައި ރިޔާސަތުން ހުށަހެޅި ޖުމުލަ 6 މައްސަލައިގެ ތެރެއިން ނުނިމި ދެ މައްސަލަ އެއް އެބަ އޮތެވެ. ކުއްލި މައްސަލަ އަށް ބަލާ އިރު މި ދައުރުގައި 9 މައްސަލަ ވަނީ ނިންމާފައެވެ. މެމްބަރުން ހުށަހެޅި ޖުމުލަ 8 މައްސަލައިގެ ތެރެއިން ނުނިމި 5 މައްސަލަ އެބަހުއްޓެވެ. އެހެނިހެން މައްސަލަތަކާއި ގުޅޭ ޖުމުލަ 10 މައްސަލައިގެ ތެރެއިން ނުނިމޭ 5 މައްސަލަ އެބައޮތެވެ. މަޖިލީހަށް ހުށަހެޅި ސުވާލުގެ ތަފްސީލަށް ބަލާއިރު ކުރީ ދައުރުގައި ލިބުނު 15 ސުވާލާއި މި ދައުރުގައި ހުށަހެޅި 74 ސުވާލާއި އެކު ޖުމްލް 89 ސުވާލު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ކުރިއަށް ނުގެންދާ 46 ސުވާލުގެ މަސައްކަތް އެބައޮތެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް ދިރާސާކޮށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ އިން ދިރާސާކޮށް ނިންމިގޮތަށް ފާސްކޮށްފައި ވަނީ 56 ވޯޓާއި އެކުގައެވެ. ބޭންކްތަކުގައި ހުރި ސްޓްރެސް އެކައުންޓްތަކުގެ ޕްރޮޕަރޓީތަކާއި ގުޅޭގޮތުން ބޭންކްތަކަށް ދިމާވާ މައްސަލަ ބައްލަވާދެއްވުމަށް އެދި ހުށަހަަޅާފައިވާ މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމިޓީ އިން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކުރީ 53 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށާއި މާލެ ސަރަހައްދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލަން ހުށަހެޅި ގަރާރު ކޮމިޓީ އިން ދިރާސާކޮށް ނިންމިގޮތަށް ފާސްކޮށްފައި ވަނީ 56 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ފެނޭތޯ ވޯޓަށް އެހުމުން 49 މެމްބަރުން ވަނީ އެ ބިލާ ދެކޮޅަށް ވޯޓުދެއްވާފައެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިތުރަށް ހަރުދަނާ ކުރުމަށްޓަކާ 51 މެމްބަރުންގެ ވޯޓާއި އެކު އެ ބިލް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލާފައެވެ. މީގެ އިތުރުން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ނެގި ވޯޓުގައި 49 މެމްބަރުން ވަނީ އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓްދެއްވާފައެވެ. ކުނި މެނޭޖް ކުރުމުގެ ބިލް ދިރާސާކުރި ކޮމިޓީ އިން ދިރާސާކުރިގޮތަށް ފާސްކޮށްފައި ވަނީ 54 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

- ކޮމެންޓް