ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 17:17
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ފާއިތުވި ހަފުތާގައި ކޮވިޑް-19ށް ޕޮޒިޓިވްވީ 34 މީހުން
އެހެނިހެން ހިސާބުތަކުން 21 މީހުން ޕޮޒިޓިވްވި
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 10 މީހުން

ނިމިދިޔަ ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 34 މީހުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ވަނީ ނޮވެމްބަރު 20ން 26ށް ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު އާންމުކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މި މުއްދަތުގައި މުޅި ރާއްޖެއިން 34 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 10 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 3 މީހުންނެވެ. އަދި އެހެން ހިސާބުތަކުން 21 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ފާއިތުވި ހަފުތާގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވަނީ 9 މީހަކަށް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

މިއާއެކު މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 185،618ށް އަރާފައެވެ. އަދި މިހާތަނަށް ބަލީގައި ނިޔާވެފައިވަނީ 311 މީހުންނެވެ.

އެޗްޕީއޭއިން ބުނީ އޭގެ ކުރީ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 35 މީހުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. އަދި އެހެނިހެން ހިސާބުތަކުން 5 މީހުން ޕޮޒިޓިވްވެފައިވެއެވެ.

- ކޮމެންޓް