ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 13:36
ފިނޭ ބަނދަރުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފިނޭ ބަނދަރުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހައުސިންގް މިނިސްޓްރީ
ތަރައްގީގެ މަޝްރޫއުތަކުގައި ސޮއިކުރުން
ފިނޭ އަދި މުލީގެ ބަނދަރާއި ރަސްމާދޫ ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް
ފިނޭ ބަނދަރުގެ މަސައްކަތުގެ އަގަކީ 47.26 މިލިއަން ރުފިޔާ
މުލީ ބަނދަރު ހަވާލުކޮށްފައިވަނީ 65.55 މިލިއަން ރުފިޔާއަށް

ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމާއި، މުލީގެ ބަނދަރުގެ ރިކޮންސްޓްރަކްޝަން މަސައްކަތް އަދި ރަސްމާދޫ ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ ތެރެއިން ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވަ ވަރަށް 41،332.31 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށް 5848.05 ކިއުބިކް މީޓަރު ސަރަހައްދެއްގައި ނެރު ފުންކުރުމަށް ހަމަޖހިފައިވެއެވެ.

ބަނދަރުގައި އިތުރަށް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި

  • 219 މީޓަރ ބްރޭކްވޯޓަރ ޖެހުން
  • 82 މީޓަރ ރިވެޓްމެންޓް ޖެހުން
  • 25 މީޓަރ ގްރޮއިން ޖެހުން
  • 248 މީޓަރ އެއްގަމު ތޮށި ޖެހުން
  • 248 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން
  • 10 މޫރިންގ ބޮއި ހަރުކުރުން
  • 90 އަކަ މީޓަރ ރޭންޕެއް ހެދުން
  • 02 ނެވިގޭޝަން ލައިޓް ހަރުކުރުން
  • 19 މަގު ބައްތި ހަރުކުރުން
  • 2198 އަކަ މީޓަރު ޕޭވްމަންޓް ހެދުން

ފިނޭ ބަނދަރުގެ މަސައްކަތުގެ އަގަކީ 47.26 މިލިއަން ރުފިޔާއެވެ. ކޮންޓްރެކްޓްގެ މުއްދަތަކީ 450 ދުވަހެވެ.

މުލީ ބަނދަރުގެ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ހައުސިންގް މިނިސްޓްރީ

މުލީ ބަނދަރުގެ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ ދަށުން މެދު ދިޔައިން ފެށިގެން 3.0- މީޓަރ ހަމަވާ ވަރަށް 33،888 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް 6254 ކިއުބިކް މީޓަރު ސަރަހައްދެއްގައި ނެރު ފުން ކުރުން ހިމެނެއެވެ.

ބަނދަރުގައި އިތުރަށް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި

  • 213 މީޓަރ ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުން
  • 89 މީޓަރ ރިވެޓްމެންޓް ޖެހުން
  • 479 މީޓަރ އެއްގަމު ތޮށި ޖެހުން
  • 467 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން
  • 10 މޫރިންގ ބޮއި ހަރުކުރުން
  • 100 އަކަ މީޓަރ ރޭންޕެއް ހެދުން
  • އެކްސެސް ޕްލެޓްފޯމް އެޅުން
  • 3 މީޓަރ ކޮންކްރީޓް ބްރިޖެއް ހެދުން
  • 02 ނެވިގޭޝަން ލައިޓް ހަރުކުރުން
  • 27 މަގު ބައްތި ހަރުކުރުން
  • 2370 އަކަ މީޓަރު ޕޭވްމަންޓް ހެދުން

މުލީ ބަނދަރު ހަވާލުކޮށްފައިވަނީ 65.55 މިލިއަން ރުފިޔާއަށެވެ. ކޮންޓްރެކްޓްގެ މުއްދަތަކީ 550 ދުވަހެވެ.

ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ހައުސިންގް މިނިސްޓްރީ

މީގެ އިތުރުން ރ. ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ.

މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ ރަށުގެ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 157 މީޓަރުގެ ރިވެޓްމަންޓް، 45 މީޓަރުގެ 5 ޓީ-ގްރޮއިން، 55 މީޓަރުގެ 1 ޓީ-ގްރޮއިން، އަދި އިތުރު ގްރޮއިންގެ ގޮތުގައި 43 މީޓަރު ޤާއިމްކުރުން ހިމެނެއެވެ.

މި މަސައްކަތުގެ އަގަކީ 17.88 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައެވެ.

މި 3 ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

- ކޮމެންޓް