Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 19:04
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވައި ހާދިސާ ހިނގި ސަރަޙައްދު
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވައި ހާދިސާ ހިނގި ސަރަޙައްދު
ގޫގުލް
ރައީސްގެ ތައުޒިޔާ
ތެޔޮ ޓޭންކަރެއް ގޮވުމާއި ގުޅިގެން، ރައީސް ޔާމީން ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ
މި ހާދިސާ ހިނގާފައިވަނީ ޕަންޖާބު ޕްރޮވިންސްގެ ބަހަވަލްޕޫރު ކައިރީގައި
ދިސާގައި 150 އަށްވުރެ ގިނަ މީހުން މަރުވެ، 120 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ

ޕާކިސްތާނުގެ ބަހަލްވަޕޫރުގައި ތެޔޮ ޓޭންކަރެއް ގޮވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާސްތެރި ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި މި ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީ އެދިވަޑައިގަންނަވާ ކަމަށާއި، ހާދިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަރާޗީން ލާހޯރަށް ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް، ޕަންޖާބު ޕްރޮވިންސްގެ ބަހަވަލްޕޫރު ކައިރިން ހައިވޭ އިން ފުރޮޅާލުމުގެ ސަބަބުން، ޓޭންކަރުން ތެޔޮ ލީކުވެ، ޓޭންކަރު ގޮވުމާއި ގުޅިގެން ހިނގި ހާދިސާގައި 150 އަށްވުރެ ގިނަ މީހުން މަރުވެ، 120 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖޫން 2017 | އާދީއްތަ 22:14
އަޙްމަދު
ފުލުސްމީހާ ގެއްލިގެން އޭނާގެ ޢާއިލާއަށް ގުޅަންވެސް މިސަރުކާރަކަށް ނުކެރުނު..ބޭރު ޤައުމަށް ހަމްދަރުދީއާއި ތަޢްޒިޔާ ފޮނުވާއިރު ރާއްލޭގައި ދިމާވާ ކަންތައް ސަރުކާރުން އަޅާނުލާކަމީ ހިތާމަ ހުރިކަމެއް.ބޭރ ޤައުމަކަށް ހިތާމަވެރި ކަމެއް ދިމާވެއްޖެއްޔާ އެޚަބަރު އައްސަވާނީ ކުއްލި ޙައިރާންކަމާ ފުން ހިތާމަޔާއެކު.