ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 05:48
މިނިސްޓަރ އޮފް ޑިފެންސް އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑަމީއަށް ޒިޔާރަތްކުރެއްވުނަ
މިނިސްޓަރ އޮފް ޑިފެންސް އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑަމީއަށް ޒިޔާރަތްކުރެއްވުނަ
އެމްއެންޑީއެފް
ޑިފެންސް މިނިސްޓަރު މާރިޔާ
މިނިސްޓަރު މާރިޔާ އައްޑޫ ސިޓީ ޕޮލިސް އެކެޑަމީއަށް ޒިޔާރަތްކުރައްވައިފި
މިނިސްޓަރު ވަނީ އެތަނުގައި މަސައްކަތްތައް ރޭވިފައިވާގޮތް ބައްލަވާލައްވާފައި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ، އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކެޑަމީއަށް ޒިޔާރަތްކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކެޑަމީއަށް މިނިސްޓަރު ކުރެއްވި ޒިޔާރަތުގައި، އެ އެކެޑަމީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ރޭވިފައި ހުރިގޮތާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. މީގެ އިތުރުން އެކަމަނާ ވަނީ އެ އެކެޑަމީގައި އޮންނަ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރު، ޕޮލިސް އެކެޑަމީއަށް ޒިޔާރަތްކުރައްވާފައި މިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕޮލިސް އެކެޑަމީއަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

- ކޮމެންޓް