Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 18:44
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕަރސަނަލް އެސިސްޓަންޓް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު، އަޙުމަދު ސޮފްވަން
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕަރސަނަލް އެސިސްޓަންޓް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު، އަޙުމަދު ސޮފްވަން
ރާއްޖެއެމްވީ
ސޮފްވާން
ސޮފްވާންގެ މައްސަލަ ޖުލައި 10 އަށް ތާވަލް ކޮށްފި
ސޮފްވާންގެ މައްޗަށް ކުރަނީ އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ
މި ދައުވާ ކުރީ ތަހުގީގަށް ހާޒިރު ނުވުމުން
ސޮފްވާންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވުމުގެ ތުހުމަތު

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕަރސަނަލް އެސިސްޓަންޓް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު، އަޙުމަދު ސޮފްވަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހަށެވެ.

ސޮފްވާންގެ މައްޗަށް ކޮށްފައިވަނީ، އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މަސައްލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވައި، ރިޝްވަތު ދިން ކަމަށް، އެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުގެ މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ސޮފްވާންގެ މައްޗަށް ކުރާ ތުހުމަތުގައި ތަހުގީގަށް ހާޒިރު ނުވުމުންނެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލަށް ފުލުހުން ފޮނުވާފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދެފަހަރެއްގެ މަތިން ފުލުހަށް ހާޒިރުވާން އަންގައި ސޮފްވާނަށް ޗިޓުފޮނުވާފައިވާއިރު، ސޮފްވާން މިޙާރު ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ.

ހޯމް މިނިސްޓްރީން މި މައްސަލާއާއި ގުޅިގެން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގަށް ފިލައިގެން ސޮފްވާން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދަނީ ކުރީގެ ރައީސް މައުމޫންގެ އާއިލާގެ އެހީތެރިކަމާއެކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް