ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 20:47
ޕޮލެންޑް އަދި ސައުދީ ކުޅުނު މެޗުގެ ތެރެއިން
ޕޮލެންޑް އަދި ސައުދީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ލެވަންޑޯސްކީގެ ފުރަތަމަ ލަނޑާއެކު ސައޫދީ ބަލިކޮށް ޕޮލެންޑް އެއްވަނައަށް
އެއްވަނާގައި ޕޮލެންޑް އޮތީ ދެމެޗުން ހަތަރު ޕޮއިންޓު ހޯދައިގެން
ޕޮލެންޑު މޮޅުވީ 2-0ން

ފީފާ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އާއި ބައްދަލުކުރި މެޗު ކާމިޔަބުކޮށް ގްރޫޕް ސީގެ އެއްވަނައަށް ޕޮލެންޑު ޖެހިލައިފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕޮލެންޑު ކާމިޔާބުކުރީ 2-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ތަރި ރޮބަޓް ލެވަންޑޯސްކީގެ އެހީތެރިކަމާއެކު ޕޮލެންޑަށް ލީޑު ނަގައިދިނީ ޒިއެލިންސްކީއެވެ. ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ސައޫދީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އަލް ދައުސާރީ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވީއެވެ.

ޕޮލެންޑަށް ލީޑު ފުޅާކޮށްދިނީ ޓީމުގެ ތަރި އަދި ކެޕްޓަން ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ ވޯލްޑް ކަޕްގައި ލެވަންޑޯސްކީ ޖެހި ފުރަތަމަ ލަނޑެވެ. މީގެ ކުރިން އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ލެވަންޑޯސްކީ ކުޅުނެވެ.

މެޗުން މޮޅުވެގެން ލިބުނު ތިންޕޮއިންޓާއެކު ޖުމްލަ ހަތަރު ޕޮއިންޓު ހޯދައިގެން ޕޮލެންޑް އޮތީ ގްރޫޕްގެ އެއްވަނަ މަގާމުގައެވެ. މެޗުން ބަލިވި ސައޫދީ ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް މެކްސިކޯއަށް އެއް ޕޮއިންޓު ލިބޭއިރު ގްރޫޕްގެ ފުލުގައި އާޖެންޓީނާ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

- ކޮމެންޓް