Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 17:46
ރައީސް ޔާމީންނަން ތާއިދުކޮށް ޖެހި ސައިކަލް ބުރެގެ ތެރެއިން
ރައީސް ޔާމީންނަން ތާއިދުކޮށް ޖެހި ސައިކަލް ބުރެގެ ތެރެއިން
ޓްވިޓަރ
ޕީޕީއެމް
"ކައުންސިލް އިންތިހާބްގައި މެޖޯރިޓީ ނުލިބުނަސް، ތާއިދު އޮތީ ރައީސް ޔާމީނަން" މި ނަމުގައި ސައިކަލް ބުރެއް ބާއްވާއިފި
ސައިކަލް ބުރު ވަނީ ތިން ރަށެއްގައި ކުރިއަށް ގެންގޮސްފަ
މިއީ ކައުންސިލް އިންތިހާބަށް ފަހު ޕީޕީއެމުން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތް

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގައި ވެރިކަން ކުރާ ޕީޕީއެމަށް މެޖޯރިޓީ ނުލިބުނުނަމަވެސް ތާއިދު ކުރަނީ ރައީސް ޔާމީނަން ކަމަށް ބުނެ ސައިކަލް ބުރެއް ޖާހަފިއެވެ.

އާދީއްތަ ދުވަހު ހަވީރު އައްޑޫ ސިޓީ ، ފުވައްމުލައް ސިޓީ، އަދި ގއ. ވިލިގިލީގައި ކުރިއަށް ދިޔަ މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނި ބައިވެރިވެފައެވެ. ސައިކަލް ބުރު ކުރިއަށް ގެންގޮސްފައި ވަނީ ތަފާތު ޝުއޫރުތަށް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ. 

ސައިކަލް ބުރެގެ ބައިވެރިން ހިފާގެންތިބި ބެނާތަކާއި ޕޯސްޓަރުތަކުގައި ލިޔެފައި ވަނީ ކައުންސިލް އިންތިހާބްގައި ވެރިކަން ކުރާ ޕީޕީއެމަށް ވޯޓް ނުދިންނަމަވެސް، ތާއިދު އޮތީ ރައީސް ޔާމީނަން ކަމަށެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބުގައި އެފަރާތްތަކުން ވޯޓް ދެނީ ރައީސް ޔާމީންނަށް ކަމަށާއި، ޒުވާނުންގެ ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރުކަމަށް ބެނާ ތަކުގައި ވަނީ ލިޔެފައެވެ.

ސައިކަލް ބުރުގައި ބައިވެރި ޒުވާނުން ބެނާތަށް ހިފާއިގެން 

މިއީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބް ނިމުނު ފަހުން ރާއްޖޭގެ އަތޮޅުތެރޭގައި ޕީޕީއެމުން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
6 ޖުލައި 2017 | ބުރާސްފަތި 08:50
އެމް ވީ 13
ތިފޮޓޯ އިންފެންނަ މީހުން ވޯޓު ކުރިންވެސް ވީ ދީފައި ނަތިޖާ ހަމަ 00000 ދެތްތޯ
26 ޖޫން 2017 | ހޯމަ 15:03
ހަބޭސް13
މިއަނެއްކާކިހާވަރެއްހަރަދުކޮއްގެންކުރާކަމެއްބާ
26 ޖޫން 2017 | ހޯމަ 00:34
Kaaki
Villingili ga nei thikahala kameh Haadha olhuvaalun bodey dho kaafa fection