ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 09:52
ރިސޯޓު މުވައްޒަފެއް
ރިސޯޓު މުވައްޒަފެއް
މޯލްޑިވްސް އިންސައިޑަރ
ފަތުރުވެރިކަމުގެ ތަމްރީނުދިނުން
ފަތުރުވެރިކަމުގެ ތަމްރީނުދިނުމަށް ޚާއްސަ ސެންޓަރެއް ތުލުސްދޫގައި އަޅަނީ
7 ސަރަހައްދެއްގައި ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒުތައް ގާއިމްކުރުމަކީ ސަރުކާރުގެ ވައުދެއް
ލ. އަތޮޅުގައި ޓޫރިޒަމް ސެންޓަރެއް އެޅުމުގެ މަޝްވަރާތައް ކުރިއަށްދޭ
ބައިނަލްއަޤްވާމީ ފެންވަރަށް ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމްކުރަން ރައީސް އިސްކަންދެއްވާ

ފަތުރުވެރިކަމުގެ ތަމްރީނު ދިނުމަށް ޚާއްސަ ސެންޓަރެއް ކ. ތުލުސްދޫގައި އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރާއްޖޭގެ 7 ސަރަހައްދެއްގައި ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒުތަކެއް ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ސަރުކާރަށް ފާއިތުވި 4 އަހަރުގެ ތެރޭގައި މި ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުރުވެރިކަމަށް ހާއްސަ ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރެއް ތުލުސްދޫގައި އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ.

ތުލުސްދޫގައި ގާއިމްކުރާ ސެންޓަރުގެ އިތުރުން ލ. އަތޮޅުގައި ޓޫރިޒަމް ސެންޓަރެއް އެޅުމުގެ މަޝްވަރާތައް ވެސް ކުރިއަށްދާކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމުގެ އިންޓަރންޝިޕް، އެޕްރެންޓިޝިޕް އަދި ޓިވެޓް ޕްރޮގްރާމްތައް އިތުރުކޮށްފައިވާކަމަށެވެ.

މީގެ ކުރިން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ ފެންވަރަށް ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރަށް ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވިޝަންއެއް ކަމަށެވެ. އިރާދަކުރެއްވިއްޔާ އެކަންތައް ފުރިހަމަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް މިއީ ކޮން ސަރަހައްދެއްގައި ގާއިމްކުރާ މަރުޒަކެއް ކަން މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

މި ދާއިރާގެ ވަޒީފާތަކަށް ބޭނުންވާވަރަށްވުރެ ދިވެހިންގެ އާބާދީ މަދުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް ދިވެހިން މި ދާއިރާއިން ތަމްރީނުކުރުން މުހިންމުކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް