Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 16:55
ގޭ ބަންދުގައި ހުންނެވި ޝެއިހް އިމްރާން ފެންކުޅީގެ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަނީ
ގޭ ބަންދުގައި ހުންނެވި ޝެއިހް އިމްރާން ފެންކުޅީގެ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަނީ
ޓްވިޓަރ
ފިޠުރު ޢީދު 1438
މިއީ ތާފާތު މަންޒަރެއް، ޝެއިހް އިމްރާން ފެންކުޅީގެ ހަރާކާތުގައި ބައިވެރިވަޑައިގެންފި
ފެންކޮތަޅެއް ހިއްޕަވައިގެން ޝެއިހް އިމްރާން ހުންނެވީ ބެލްކަނީގައި
ޝެއިހް އިމްރާނާއި އެކު އާއިލާގެ މެމްބަރުން ވަނީ ފެންކުޅީގެ ހަރަކާތުގައި ބައިވެރިވެފައި
ރަމަޟާން މަހަށް ޝައިޚް އިމްރާން ގޭބަންދަށް ބަދަލުކުރީ މެއި މަހުގެ 28 ވަނަ ދުވަހު

ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ފިތުރު އީދުގެ އުފާ ފާޅުކުރެއްވުމުގެ ގޮތުން ފެންކުޅީގެ ހަރަކާތުގައި ބައިވެރިވަޑައިގެންފިއެވެ.

ފިތުރު އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންކުޅީގެ ހަރަކާތް ކުރިއަށްދާއިރު، ޝެއީހް އިމްރާން ވަނީ އާދީއްތަ ދުވަހު ( ފިތުރު އީދު ދުވަސް) ގޭގައި ހުންނަވާއިގެން ފެންކުޅީގެ ހަރަކާތުގައި ބައިވެރިވަޑައިގެންފައެވެ. ޝެއިހް އިމްރާން އާއިލާއި އެކު ފެންކުޅީގެ ހަރަކާތުގައި ބައިވެރިވަޑައިގެންނަވާ ފޮޓޯތަކެއް ވަނީ ޝޯސަލް މީޑިއާގައި ދައުރުވަން ފަށާފައެވެ.

ފޮޓޯއިން ފެންނަނީ ކުލަ އަޅާފައި ހުރި ފެން ކޮތަޅުތަކެއް ހިއްޕަވައިގެން ޝައިޚް އިމްރާން ބެލްކަނިން ބޭރު ބައްލަވަން ހުންނަވާ މަންޒަރެވެ. އަދި ޝައިޚް އިމްރާން ކައިރީގައި ފެންކޮތަޅުތަކެއް އަޅާފައި ހުރި ބަލާދީއެއް ބަހައްޓާފައި ހުރެއެވެ.

ބެލެވޭ ގޮތުގައި އީދުގެ އުފަލުގައި ޝައިޚް އިމްރާން ފެންކުޅި ކުޅުއްވާފައިވަނީ އާއިލާގެ މެމްބަރުންނާއި، އަވައްޓެރިންނާއި އެކުގައެވެ. މިކަމާއި ގުޅިގެން ޝޯސަލް މީޑިއާގައި އެކި މީހުން ތަފާތު ޝުއޫރުތަށް ދަނީ ފާޅުކުރަމުނެވެ.

ޝޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރާ ބައެއް މީހުން ބުނެފައި ވަނީ ގޭބަންދުގައި ހުންނެވި ނަމަވެސް އީދުގެ އުފަލުގައި ޝައިޚް އިމްރާން ބައިވެރިވަޑައިގެން، އެ ދެއްކެވީ ރީތި މިސާލެއް ކަމަށެވެ. ގޭބަންދެއްގައި ހުންނަ މީހަކަށް ވެސް އީދުގެ އުފަލުގައި އާއިލާއި އެކު ބައިވެރިވެވޭނެ ކަމަށްވެސް ބައެއް މީހުން ވަނީ  ބުނެފައެވެ.

ނިމިގެން ދިޔަ ރަމަޟާން މަސްތެރޭގައި ޝައިޚް އިމްރާން އާއިލާގެ މެމްބަރުންނާއި އެކު ގޭގައި ޖަމާޢަތުގައި ނަމާދު ކުރައްވާ ފޮޓޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާއި 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ޝައިޚް އިމްރާން ގޭބަންދަށް އެންމެ ފަހުން ބަދަލުކުރީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް