ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 16:34
ހުޅުމާލެ ފެރީ ކިއުގައި ތިބި ބައެއް މީހުން
ހުޅުމާލެ ފެރީ ކިއުގައި ތިބި ބައެއް މީހުން
މުހައްމަދު ޝަރުހާން
ހުޅުމާލެ ފެރީ ޚިދުމަތް
ހުޅުމާލޭ ފެރީ ތޮއްޖެހި، އެތަށް ސަތޭކަ ބަޔަކު ކިއުގައި!
ތޮއްޖެހޭ ވަގުތުތަކުގައި ގަޑި އިރަކު 16 ފެރީ ދަތުރު ކުރޭ
ގަޑިއިރަކު 2000 މީހުން ހުޅުމާލެއަށް ދޭ
ބިދޭސީންގެ ކިއު ވަރަށް ދިގު

ޢީދު ދުވަހުގެ ހަވީރު އެމްޓީސީސީ ހުޅުމާލެ ފެރީޓާމިނަލް ތޮއްޖެހި އެތަށް ބައެއް ހިންހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޢީދު ދުވަހުގެ 02:30 ހުން ފެށިގެން އެތައް އިރެއް ވަންދެން ކިއުގައި ގިނަ ބަޔަކު ތިބެން ޖެހުނެވެ.  ހުޅުމާލެއަށް ދިއުމަށް ގިނަ ބަޔަކު ކިއުގައި ޖެހިފައިވާ އިރު ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ ހުޅުމާލެއަށް ދިއުމަށް އެ ސަރަޙައްދަށް ޖަމާވެފައެވެ. 

އަދި ކިއުގައި ގިނަ އިރުތަކެއް ވަންދެން ތިބެންޖެހުމުން، އެ ސަރަޙައްދުގައި ތިބި ދިވެހިންނާއި ބިދޭސީންވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ދިވެހިންނަށް ވުރެ ގިނައިން ބިދޭސީން ކިއުގައި ޖެހިފައިވާ އިރު އެމްޓީސީސީން މައުލޫމާތު ދިންގޮތުގައި ހުޅުމާލެއަށް ދަތުރުކުރާ މީހުން ގިނަވުމާއި ގުޅިގެން، އާދީއްތަ ދުވަހު، އެ ުންފުނިން ދަނީ ކޮންމެ 3 މިޓެޓަކާއި 5 މިނެޓަކާއި ދެމެދުގެ ވަގުތެއްގައި މާލެއިން ހުޅުމާލެއަށް ފުލް ކެޕޭސިޓީގައި ފެރީއެއް ފުރުވާލަމުންނެވެ.

އެ ސަރަަޙައްދުގެ ކިއު މެނޭޖުކުރުމުގައި އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވާ އިރު، ބިދޭސީންނާއި ދިވެހީންނަށް ވަނީ ވަކިން ކިއުތަކެއް ހަދާފައެވެ. އެގޮތުން ދިވެހިންގެ ކިއު ގޭޓް ތިނެއްގައި ހަދާފައިވާއިރު ބިދޭސީންނަށް ޚާއްސަކޮށްފައިވަނީ ގޭޓް އެކަކާއި ދޭކެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި އެމްޓީސީސީ މުވައްޒަފަކު ބުނީ، ބިދޭސީންނާއި ދިވެހީންނަށް ވަކިން ކިއު ހަމަޖައްސާފައިވަނީ، ތޮއްޖެހޭ ވަގުތުތަކުގައި، ބިދޭސީން މީހުން ކޮށްޕާ ހެދުމުގެ ސަބަބުން، މީހުން ފިތުމަށް މެދުވެރިވާތީކަމަށެވެ. އަދި ފެރީތަށް ދަތުރުކުރާ ވަރަކުން، ދިވެހިންނާއި ބިދޭސީންނަށްވެސް ފެރީން ފުރުސަތު ދެމުންދާ ކަމަށް އޭނާ ބުންޏެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގެ މެނޭޖަރ، މުހައްމަދު ޝާނީޒް ވިދާޅުވީ، ހުޅުމާލޭ ފެރީ ޓާމިނަލް ތޮއްޖެހުމަށް ދިމާވީ، އެއް ގަޑިއަކާ ދިމާކޮށް ގިނަ އަދަދެއްގެ ބިދޭސީން ހުޅުމާލެ ދިއުމަށް ޓަރމިނަލަށް ދިއުމުން ކަމަށެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރުމަށްޓަކާއި ގިނަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ޝާނީޒް ވިދާޅުވިއެވެ.

ޝާނީޒް ވިދާޅުވީ، މެންދުރު 02:30 އިން ފެށިގެން ހަވީރުގެ ވަގުތުތަކުގައި ގަޑިއިރެއްގެ ތެރޭގައި 16 ފެރީއިން މީހުން ހުޅުމާލެއަށް ގެންދަމުންދާ ކަމަށާއި މިއީ ގަޑިއިރަކަށް ގާތްގަނޑަކަށް 2000 މީހުން ކަމަށެވެ. ޝާނީޒް ވިދާޅުވީ، ހުޅުމާލޭ ޓާމިނަލް ތޮއްޖެހޭ ވަގުތުތަކުގައި، އަބަދުވެސް ދެ ފެރީ ނެރުން ވަންނަން މަޑުކޮށްގެން އޮންނަން ޖެހޭ ކަމަށާއި، މިގޮތަކަށް ފެރީ ވަގުތުތަކަށް ބަދަލުގެންނަނީވެސް، ގިނަ ވަގުތު ކިއުގައި މީހުން ނުތިބެ، ހުޅުމާލެއަށް އަވަހަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސާދިނުމުގެ ގޮތުންނެެވެ.

ޝާނީޒް ވިދާޅުވީ ބިދޭސީ މީހުންގެ ކިއު ދިގުވެފައިވަނީ ދިވެހީންނަށްވުރެ ގިނައިން ބިދޭސީން ހުޅުމާލެއަށް ދާތީ ކަމަށާއި އެމީހުންނަށް ޚާއްސަ ކިއުއެއް ހަނދަން ޖެހުނީ، އޭގެ ތެރެއިން ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުން ކަމަށެވެ. 

"ބައެއް ފަހަރު ކުޑަކުދިން ގޮވައިގެން ތިބޭ މީހުން ކޮއްޕާ ހެދުމުގެ ސަބަބުން، އެ ސަރަަހައްދު ތަންކޮޅެއް ހަލަބޮލިވޭ. އެކަން ހައްލު ކުރުމަށް ކިއުތައް ހެދީ" ޝާނީޒް ވިދާޅުވިއެވެ.

ޢީދު ދުވަހާ ދިމާކޮށް، ގިނަ ބަޔަކު ހުޅުމާލޭ ފެރީ ކިއުގައި ޖެހިފައިވާ އިރު، ހަވީރު 03:00 ހާއިރު ސައިކަލްގެ ކިއުވެސް ވަރަށް ދިގެވެ. އެގޮތުން ސައިކަލްތަކަށް ހާއްސަ ކުރެވިފައިވާ ހިސާބުން ފެށިގެން ގޮސް، ބޮޑުތަކުރުފާނު މަގަށް ސައިކަލް ކިއު ދެމިގެން ގޮސްފައި އޮތެވެ.

- ކޮމެންޓް