ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 02:16
ލަނޑު ޖެހުމަށްފަހު ބެލްޖިއަމް ކުޅުންތެރިން އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ބެލްޖިއަމް ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
ފުރުސަތުގެ ބޭނުންހިފާ ބެލްޖިއަމްގެ ފެށުން ރަނގަޅުކޮށްފި
ކެނަޑާ އާއި ވާދަކުރި މި މެޗު ބެލްޖިއަމް ކާމިޔާބުކުރީ 1-0 ން
ގިނަ ފުރުސަތުތައް ލިބުނީ ކެނަޑާއަށް

ލިބުނު މަދު ފުރުސަތުގެ ބޭނުންހިފާ ފީފާ ވަރލްޑް ކަޕްގައި ޖަރުމަނުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އަހްމަދް ބިން އަލީ ސްޓޭޑިއަމްގައި ކެނަޑާ އާއި ވާދަކުރި މި މެޗު ބެލްޖިއަމް ކާމިޔާބުކުރީ 1-0 ންނެވެ. ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް ކެނަޑާއިން މެޗު ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފެއްދުމަށެވެ. އެގޮތުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރުސަތުގެ ބޭނުންހިފާ ނަތީޖާ ނުނެރެވުނެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ ކެނަޑާގެ އަލްފަންސޯ ޑޭވިސްއަށެވެ. ބެލްޖިއަމްގެ އޭރިއާ ތެރެއިން ޔަނިކް ކްރަކާއޯ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ޖެހީ ޑޭވިސްއެވެ. ނަމަވެސް ޑޭވިސް ފޮނުވާލި ޕެނަލްޓީ, ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ ވަނީ މަތަކޮށްފައެވެ.

ބެލްޖިއަމްއިން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ބެލްޖިއަމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމަށް ލަނޑު ޖަހައިދިނީ މިޗީ ބަޓްޝޯޔީއެވެ. ކެނަޑާ އާއި ޚިލާފަށް ބެލްޖިއަމްއަށް ލިބުނީ މަދު ފުރުސަތުތަކެކެވެ.

ދެވަނަ ހާފުގައިވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ބެލްޖިއަމްއަށް ލިބުނެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ ބެލްޖިއަމްއަށް ލީޑު ނަގައިދިން ބަޓްޝޯޔީއަށެވެ. ނަމަވެސް އޭނާގެ ހަމަލާގެ ހުރަހަކަށްވީ ކެނަޑާގެ ޑިފެންޑަރުންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ކެނަޑާއަށް ލިބުނު ފުރުސަަތުތައްވެސް ބޭކާރުވީއެވެ. މުޅި މެޗުގައި ކެނަޑާއިން ވަނީ ޖުމްލަ 21 ފުރުސަތު ތަނަވަސްކޮށްފައެވެ. ސްޓެފަން ޔުސްޓާކިއޯއަށް ލިބުނު ގިނަ ފުރުސަތުތައްވެސް ބޭކާރުވީއެވެ.

މިއީ ވޯލްޑް ކަޕްގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1989 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައެވެ. އެމެޗު 2-0ން ކާމިޔާބުކުރީ ބެލްޖިއަމްއެވެ.

- ކޮމެންޓް