ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 02:12
ބްރެޒިލްގެ ކޯޗު ޓީޓޭ
ބްރެޒިލްގެ ކޯޗު ޓީޓޭ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
ބޭނުމީ ދުނިޔޭގެ ޗެމްޕިއަނުންނަށްވާން، އެކަން ނުވެއްޖެ ނަމަ އެންމެ މޮޅު ކުޅުން ދައްކަން: ޓީޓޭ
 
ބްރެޒިލަށް ޕްރެޝަރު އެބަ އޮތް، ނަމަވެސް ފުރުސަތު ތަކެއް އޮތްކަން އިހުސާސްވުމުން ހަމަޖެހޭ

ބޭނުންވަނީ ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށް ދުނިޔޭގެ ޗެމްޕިއަނުންނަށްވާން ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފިއެވެ.

ވޯލްޑް ކަޕް މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ކޯޗު މިހެން ބުނީ މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ޓީޓޭ ބުނީ ބްރެޒިލަށް ޕްރެޝަރު އެބަ އޮތް ކަމަށާއި، ނަމަވެސް ފުރުސަތު ތަކެއް އޮތްކަން އިހުސާސްވުމުން ހަމަޖެހުމެއް ލިބޭ ކަމަށެވެ. އޭނާ ބުނީ ކަންކަމަށް އުންމީދުކޮށް، ހުވަފެން ވެސް ދެކެން ވާނެ ކަމަށެވެ. އެއަށްފަހު ދެން ޖެހޭނީ އެ ހުވަފެނުގައި ކުލަ ޖެއްސުމަށް މަސައްކަތް ކުރަން ކަމަށެވެ.

އަހަރަމެން އުއްމީދު ކުރަނީ ރަނގަޅު ވޯލްޑް ކަޕެއް ކުޅެ، ދުނިޔޭގެ ޗެމްޕިއަނުންނަށް ވާން. ދެން ޗެމްޕިއަނުންނަށް ނުވެވިއްޖެ ނަމަ، ރަނގަޅު ކުޅުމެއް ދައްކަން. ސަބަބީ ކޮންމެ ގޮތަކުން ވެސް މުބާރާތް ކާމިޔާބު ކުރެވޭނީ އެންމެ ޓީމަކަށް.
ޓީޓޭ / ބްރެޒިލްގެ ކޯޗު

އިތުރަށް ޓީޓޭ ބުނީ ބްރެޒިލް އަކީ ފުޓުބޯޅަ އާއި ގުޅިފައިވާ ޤައުމެއް ކަމަށެވެ. އޭނާ ބުނީ ބްރެޒިލްގެ މަގުތައް މަތީގައި ވެސް ކުދިން ކުޅެނީ ފުޓުބޯޅަ ކަަމަށާއި، އެއީ އެ ޤައުމުގެ ތައުލީމުގެ ވެސް އެއްބައި ކަމަަށެވެ. އޭނާ ބުނީ ކޯޗެއްގެ ހައިސިއްޔަތުން އޭނާ އަށް ވެސް ޕްރެޝަރު އެބަ އޮތް ކަމަށެވެ. އެއީ ކުޅުންތެރިން ހޮވުމުގައި އޭނާ އަށް ވެސް އުނދަގޫތަކެއް ހުރުމުން ކަމަށް ޓީޓޭ ބުންޏެވެ. ޓީޓޭ ބުނީ ނޭމާ ޖޫނިއާ އާއި ވިނީޝިއަސް ޖޫނިއާ އަދި ތިއާގޯ އަކީ ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން ކަމަށާއި، އެއީ އޭނާ އަށް ޗެލެންޖު އޮންނަ ކަމެއް ކަމަށެވެ.

ޓީޓޭގެ އިތުރުން ވާހަކަ ދައްކަމުން ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނީ ނޭމާ ޓީމާ ގުޅުނީ ވަރަށް ރަނގަޅު ފޯމެއްގައި ހުރުމަށްފަހު ކަމަށެވެ. ޚާއްސަކޮށް މި ސީޒަންގައި ނޭމާ އަންނަނީ ވަރަށް މޮޅު، އާދަޔާ ޚިލާފު ކުޅުމެއް ދައްކަމުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިހާރު ނޭމާ ދައްކާ ކުޅުމަކީ މީގެ ކުރީގެ ވޯލްޑް ކަޕްތަކުގައި ދެއްކި ކުޅުމަށްވުރެ ވެސް މޮޅު ކުޅުމެއް ކަމަށެވެ. އޭނާ ބުނީ އެ ފޯމުގައި ނޭމާ ހުރުމުން ކުޅުންތެރިންނަށް ވެސް އިތުރު ހިތްވަރެއް ލިބުނު ކަމަށާއި، ދެން ޓީމުގައި ހިމެނޭ ކުޅުންތެރިންނާއެކު ދަނޑު މަތީގައި ނޭމާ އަށް މާ ފަސޭހަވާނެ ކަމަށެވެ.

ގްރޫޕް ޖީ ގައި ބްރެޒިލް އިން ސާބިޔާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ޙަފްޞީ ޢަބްދުالله
29%
14%
14%
0%
0%
43%
ކޮމެންޓް