ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 17:32
ބީއެމްއެލް މުވައްޒަފެއް
ބީއެމްއެލް މުވައްޒަފެއް
ބީއެމްއެލް
ބީއެމްއެލް
އޭޕްރީލުން ފެށިގެން ބީއެމްއެލް އިން ބަލައިގަންނާނީ 50،000 ރުފިޔާއިން ދަށުގެ ޗެކުތައް
މިއީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ ޕޭމަންޓްގެ ޚިދުމަތް ފުޅާ ކުރުމަށް ގެންނަ ބަދަލެއް
މިއީ އެމްއެމްއޭއިން ނިންމާފައިވާ ނިންމުމެއް

އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަލައިގަންނަ ޗެކުތަކުގެ ލިމިޓު ކަނޑައަޅައިފިއެވެ.

ބުދަ ދުވަހު ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ 1 އޭޕްރިލް 2023 އިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަން ޖެހޭ އެންމެ މަޔީ އަދަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ކަމަށެވެ. މިއީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ ޕޭމަންޓްގެ ޚިދުމަތް ފުޅާ ކުރުމަށް އެމްއެމްއޭއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ގެނައި ބަދަލެކެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާއެކު އެ ބޭންކުން ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އަދި 3000 ޑޮލަރާ ހަމައަށް ދޫކޮށްފައިވާ ޗެކުތައް ކަމަށެވެ. އެ އަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށެވެ.

މި ގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ކަސްޓަމަރުން ބޭންކިންގ ޚިދުމަތް ހޯދުމުގައި ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލްގެ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އެ ބޭންކުން ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް