Advertisement
ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 10:56
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ކޯޓުތަކުގެ ރިސެސް
ޑިސެމްބަރު މަހު ހައިކޯޓާއި ކްރިމިނަލް ކޯޓު ރިސެސްއަށް
ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ލާޒިމުކުރާ މައްސަލަތައް ކުރިއަށްދާނެ
މައްސަލަތައް ބަލައިގަތުމާއި އިދާރީ ކަންކަންވެސް ކޯޓުތަކުގައި ކުރިއަށް ގެންދާނެ

ޑިސެމްބަރު މަހުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ހައިކޯޓުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެ ކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތަށް ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ލާޒިމުކުރާ މައްސަލަތަކާއި، އަވަސް ތަބީއަތުގެ މައްސަލަތަކާއި، ޙުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ފަދަ ކަންކަން އޭގެ ތެރެއިން އިސްތިސްނާ ވާނެ ކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ.

Advertisement

ހަމައެއާއެކު، އަވަހަށް ހިންގަން ޖެހޭކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވަޑައިގެންނެވޭ ބާވަތުގެ މައްސަލަތައްވެސް އޭގެ ތެރެއިން އިސްތިސްނާވެއެވެ.

އޭގެ އިތުރުން، ޑިސެމްބަރު މަހު އެއްކޮށް ކްރިމިނަލް ކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ ޚާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތަކާއި، އަދި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ރިސެސްގެ މުއްދަތުގައި އަބަދުވެސް ކުރިއަށް ދެއެވެ.

ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ ކަންކަންވެސް ކޯޓުތަކުގައި ކުރިއަށް ގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް