ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 16:18
އޮސްޓްރޭލިޔާގެ ޓްރެއިނިންގައި ކޯޗު އާނޯލްޑް
އޮސްޓްރޭލިޔާގެ ޓްރެއިނިންގައި ކޯޗު އާނޯލްޑް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އޮސްޓްރޭލިޔާގައި ތިބީ ފަހަތަށް ޖެހޭނެ ކުޅުންތެރިންނެއް ނޫން: އާނޯލްޑް
 
އާނޯލްޑް ބުނީ ކުޅުންތެރިން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި، ކުރިއަށް ދާންވީ ގޮތް ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ނިކުންނައިރު އޮސްޓްރޭލިޔާގައި ތިބީ ފަހަތަށް ޖެހޭނެ ކުޅުންތެރިން ނޫން ކަމަށް އެ ޓީމުގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފިއެވެ.

ފްރާންސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އާނޯލްޑް ބުނީ އޮސްޓްރޭލިޔާގެ ސްކޮޑުގައި ތިބީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ކަަމަށެވެ. އޭނާ ބުނީ ކޯޗެއްގެ ހައިސިއްޔަތުން ކުޅުންތެރިންގެ މެންޓާލިޓީ ވަރަށް ބޮޑަށް އޭނާ އަށް އެނގޭ ކަމަށާއި، އެއީ އެންމެ ބޮޑު ކަންތައް ކަމަށެވެ. އާނޯލްޑް ބުނީ އެ ކުޅުންތެރިންނަކީ އެއްވެސް ކަމަކުން ފަހަތަށް ޖެހޭނެ ކުޅުންތެރިންނެއް ނޫން ކަމަށެވެ. އިތުރަށް އޭނާ ބުނީ ކުޅުންތެރިންނަށް އިނގޭނީ ކުރިއަށް ދާންވީ ގޮތް ކަމަށެވެ. އެކަމުގައި އެމީހުންނަށް ހުރަސް އަޅަނީ ކާކުތޯ ނުބާލާ ކުރިއަށް ދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އާނޯލްޑް ބުނީ ޓީމުގެ ކުޅުންތެރިންނަށް ފްރާންސް ވަރަށް ރަނގަޅަށް ކިޔައިދީފައިވާނެ ކަމަށެވެ. ހަމައެއާއެކު ފްރާންސްއާ ދެކޮޅަށް ކުޅޭއިރު، ކުޅުގެ ވައްޓަފާޅި އާއި ވިސްނުން ގެންގުޅެންވީ ގޮތް ވެސް އެނގޭނެ ކަމަށެވެ. އާނޯލްޑް ބުނީ މެޗުގައި ފްރާންސް ކުޅުންތެރިންގެ ބުންވަރު ދެނެގަނެ، ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އިތުރަށް އާނޯލްޑް ބުނީ މެޗުގައި ކުޅޭނީ ދިހަ ނޫ ޖާޒީ އާއި 10 ރީނދޫ ޖާޒީ ކަމަށެވެ.

މި ޕްރެސްގައި ވާހަަކަ ދައްކަމުން އޮސްޓްރޭލިޔާގެ ގޯލް ކީޕަރު އަދި ކެޕްޓަން މަތިއު ރަޔަން ބުނީ ހުރިހާ ކުޅުންތެރިން ގުޅިގެން އެކުގައި ކުރިއަށް ދާން ތިބި ކަމަށެވެ. އޭނާ ބުނީ ޤަތަރުގައި އެ މީހުންގެ ފޯކްސް ހުރީ ހަމައެކަނި ފުޓުބޯޅަ އަށް ކަމަށާއި، އެ މީހުންގެ ވިސްނުން ވެސް ހުރީ އެކަމަށް ކަމަށެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް އޮސްޓްރޭލިޔާ އިން ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް