ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 11:54
ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ފާއިޒް
ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ފާއިޒް
ގޫގުލް
ލަންކާ ސަފީރު
ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ފާއިޒް
ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ފާއިޒުގެ ނަން ދިރާސާ ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ އަށް ވަނީ ފޮނުވާފައި

ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް މއ.މަނާގެ، ޢަލީ ފާއިޒު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ފާއިޒަކީ ފުލުހުންގެ ޚިދުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސްކަން ފާހަގަކޮށްލެެވެއެވެ. އޭނާ އަކީ މީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ފާއިޒުގެ ނަން ދިރާސާ ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ އަށް ވަނީ ފޮނުވާފައެވެ.

ލަންކާގެ ސަފީރުކަމުގެ މަޤާމަށް އޭނާ އައްޔަން ކުރައްވަން ފޮނުވާފައިވާ ސަބަބަކީ، އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް